
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ އަދަދު މަދު ކުރުމަށް ނިންމައިފިއެވެ. މި ކަން ހާމަ ކުރައްވަމުން އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގެ ތެރޭގައި ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދު ކުރުމަށް ނިންމާފައިވާ ކަމުގައެވެ. އެމެރިކާއިން އިސްތިޢުމާރީ ސިފައިންގެ ފައުޖެއް ސޫރިޔާއަށް ފޮނުވާފައި ވަނީ ނިރުބަވެރިކަމާ ދެކޮޅަށް ކަމަށް ބުނެ ކުރަމުންދާ ހަނގުރާމައިގެ ދަށުންނެވެ. ސޫރިޔާގައި މި ވަގުތު ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ އަދަދު 2,000އަށް އަރައެވެ. އެ މީހުން މި ވަގުތު ހަރަކާތްތެރިވަމުން ދަނީ އެ ޤައުމުގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި އޮތް އަސްކަރީ މަރުކަޒުތަކުގައެވެ. ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ ކަމަށް ބުނާ ހަނގުރާމައިގެ ދަށުން އެމެރިކާގެ އިސްތިޢުމާރީ ސިފައިން ސޫރިޔާގެ އިތުރުން ޢިރާޤަށް ފޮނުވާފައި ވަނީ 2014ވަނަ އަހަރުއެވެ.
“ވަކި ގަސްދެއްގައި ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ސޫރިޔާގައި ތިބި ސިފައިންގެ އަދަދު ހާހަކަށް ވުރެ މަދު ކުރެވޭނެ،” ޕާނެލް ވިދާޅުވިއެވެ. މި ގޮތަށް އަމަލު ކުރުމަށް ނިންމަވާފައި ވަނީ އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދު ކުރަން ނިންމި ނަމަވެސް، އެ ޤައުމުގައި ހަރަކާތްތެރިވަމުންދާ ނިރުބަވެރި ޖަމާޢަތް، އައިއެސާ ދެކޮޅަށް ދެމުންދާ ޙަމަލާތަކާއި، ކުރަމުންދާ ހަނގުރާމަ ހުއްޓައިނުލާނެ ކަމުގައި ޕާނެލް ވިދާޅުވިއެވެ. އަދި، އައިއެސާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފައްދާފައިވާ އަސްކަރީ އިއްތިޙާދާ ގުޅިގެން އެ ޖަމާޢަތުގެ އަމާޒުތަކާ ދެކޮޅަށް ޙަމަލާތައް އަމާޒު ކުރަމުންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދު ކުރުމަށް ނިންމާފައި މި ވަނީ، މެދުއިރުމައްޗާއި އިންޑިޔާ ކަނޑުގެ ސަރަޙައްދަށް އެމެރިކާއިން އިތުރު އަސްކަރީ ހަތިޔާރާއި ސިފައިން ފޮނުވަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ޤާބިލުކަން އިތުރު ކުރުމުގެ ގޮތުން އެ ޤައުމުން ދާދި ފަހުން ވަނީ ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓާއި އެހެނިހެން ހަތިޔާރު އެ ސަރަޙައްދަށް ފޮނުވާފައެވެ. މިއީ، މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް އިންޒާރެއްގެ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެކެވެ.
ޓްރަމްޕްގެ ނަޒަރު މި ވަގުތު ހުއްޓިފައި އޮތީ އީރާނާށެވެ. އެއީ، ޔަހޫދީންގެ ދެމިއޮތުމާއި ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން، އަދި ޚާއްޞަކޮށް ޓްރަމްޕް ޤަބޫލު ކުރައްވައެވެ. ޓްރަމްޕްގެ އަމާޒަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު އެމެރިކާގެ ކޮންޓުރޯލުގެ ދަށަށް ގެންދިޔުމެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއާއި ޒަޔަނިސްޓުން ޤަބޫލު ކުރެއެވެ. ނަމަވެސް، އީރާނުން އެ ކަން ދޮގު ކުރެއެވެ. ޓްރަމްޕާއި ޔަހޫދީންގެ ބޭނުމަކީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
