
(ފޮޓޯ ކްރެޑިޓްސް: ވީއޭއެމް)
ގައުމީ ވޮލީބޯލް ލީގުގައި ހުރާ ކޮމިއުނީޓީ ކުލަބު މައްޗަށް ކުރި ހޯދާ ކުލަބް ވެމްކޯ އިން ފެށުން ރަނގަޅު ކޮއްފިއެވެ. މިމެޗު ވެމްކޯއިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. އެންމެ ފަހުން ވީއޭއެމް ކަޕުގެ ސެމީގަ ވާދަކުރި ދެޓީމުގެ ކުރި މަތިލުން ފޯރިގަދަކޮށް ފެނިގެންދިޔަ އިރު ހުރާ ޓީމުން ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗު ވެމްކޯ ކާމިޔާބުކުރީ ފަސް ސެޓަށް ގޮސްގެންނެވެ. ރޭ މި ދެޓީމު ވާދަކުރި މެޗުގެ ފުރަތަމަ ސެޓު ވެމްކޯ ޓީމުން ކާމިޔާބު ކުރީ 25-19 އިންނެވެ. ޖެހިގެން އައި ސެޓްގައި ހުރާ ޓީމުން ނަތިޖާގެ ފަރަގު ކުޑަކުރި ނަމަވެސް ވެމްކޯ އިން އެ ސެޓް ކާމިޔާބުކުރީ 25-22 އިންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓް ވެމްކޯ ކާމިޔާބުކުރުމުން ފަސޭހަކޮއްލުމުގެ ފައިދާ ނަގާ ހުރާ ޓީމުން ތިންވަނަ ސެޓު ކާމިޔާބުކުރިއެވެ. މި ސެޓް ހުރާ ޓީމުން ގެންދިޔައީ 25-16 އިންނެވެ. މި ސެޓް ހުރާ ޓީމުން ގެންދިޔުމާ އެކު ފޯރި ގަދަވާނެ ކަމަށް ބެލެވުނު ނަމަވެސް ހަތަރު ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ވެމްކޯ ވަނީ 25-15 ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ތައިލޭންޑް ކުޅުންތެރިޔާ ޕައްޓިއާއެވެ. ފައްޓިއާ އަކީ ވީއޭއެމް ކަޕްގައިވެސް ވެމްކޯއަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ވީއޭއެމް ކަޕްގައި ވެމްކޯ ޓީމަށް ކުޅުނު ނޮޓިލަމް ދޫކޮށްލުމަށްފަހު ޤައުމީ ލީގަށް ވެމްކޯއިން ވަނީ ބްރެޒިލްގެ ތަޖްރިބާކާރު ކުޅުންތެރިއެއް ގެނަސްފައެވެ.
ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަންގައި ގަދަ ހަޓީމު ވާދަކުރާއިރު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
