
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވެއްޖެ އެވެ. މި މެޗުން ބަލިވި ނިއުކާސަލް ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން 59 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމު ލިބިފަ އެވެ. އެސްޓަން ވިލާއަށް 33 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 6 ވަނަ ލިބިފަ އެވެ. އެސްޓަން ވިލާގެ ވީލާ ޕާކުގައި ސާޅީސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 17 މިނިޓު ފަހުން ނިއުކާސަލް ޔުނައިޓެޑްގެ ފަބިއަން ޝާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު ނަމަވެސް މި މެޗުގައި އެސްޓަން ވިލާއަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެ ޓީމުގެ އޮލީ ވޮޓްކިންސް ފޮނުވާލި ދެ ހަމަލައެއް ވަނީ ނިއުކާސަލްގެ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. ނިއުމޯނިއާއަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާތީ މިމެޗުގައިވެސް ނިއުކާސަލްގެ ކޯޗު އެޑީ ހޯވޭގެ ބަދަލުގައި ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗު ޖޭސަން ޓިންޑާލް އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 19 ވަނަ މިނިޓުގައި އިއާން މާޓްސެން ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެސްޓަން ވިލާއަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 73 ވަނަ މިނިޓުގައި ޖެކޮބް ރަމްސޭ އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޑިފެންޑަރ ޑޭން ބާން އަތުން ވަނީ ބައިކޮޅަށްވަދެ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުވެފަ އެވެ. އެސްޓަން ވިލާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަމަދޫ އޮނާނާ އެވެ.
ތާވަލުގެ ހަވަނަ މަގާމުގައި މިވަގުތު އެސްޓަން ވިލާ އޮތް ނަމަވެސް ލީގުގައި ކުރިއަށް އޮތް ހަ މެޗުން ރަގަޅު ނަތީޖާއެއް ހޯދުމަށްފަހު ގަދަ ފަހެއްގައި ހިމެނި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެ ޓީމަށް ވަނީ ބޮޑުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
