
ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަވީގޯ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ރަފީނިއާ ކާމިޔާބުކޮށްދިން ޕެނަލްޓީ އިން 4-3 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު, މި މެޗުގެ 12 ވަނަ މިނިޓުގައި ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ތިން މިނިޓު ފަހުން ސެލްޓަވީގޯގެ ބޯހާ އިގްލޭސިއަސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވާ ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތުމުގެ ކުރިން ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ ކުޅުންތެރިންނަށް އަރާމު ކުރަން އެކަށީގެންވާ ވަރަށް ވަގުތު ނުލިބި މި މެޗު ކުޅެން ޖެހޭތީ އެކަމަށް ފާޑު ކިޔާފަ އެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު, ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އިގްލޭސިއަސް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ސެލްޓަވީގޯ އަށް ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 10 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހެދުމަށްފަހު މެޗުގެ ނަތީޖާއަކުން 3-1 އަށް ބަދަލުކޮށްފަ އެވެ.
ހެންސީ ފްލިކް ވަނީ މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ފާރމިން ލޮޕޭޒް އާއި ފެރާން ޓޮރޭޒްގެ ބަދަލުގައި ޑެނީ އޮލްމޯ އާއި ލަމީން ޔަމާލް ވަނީ ކުޅެން އަރުވާފަ އެވެ. ޑެނީ އޮލްމޯ ކުޅެން އެރުވިތާ ފަސް މިނިޓު ފަހުން މެޗުގެ 64 ވަނަ މިނިޓުގައި ރަފީނިއާ ދިން ޕާހަކުން ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖަހާފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ލަމީން ޔަމާލް ދިން ބޯޅަ އަކުން ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުން ބާސެލޯނާ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ކުޅުމުގެ އަށްވަނަ މިނިޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދީފައިވަނީ ރަފީނިއާ އެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން 73 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި 7 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނި 66 ޕޮއިންޓެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
