
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ސިޔާސީޕާޓީތައް ހިންގުމުގެ ނަމުގައި، ގައުމަށާއި އާއިލާތަކަށްވެސް ފުރައްސާރަކުރަމުންދާކަމަށް ވިދާޅުވެ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައްދު ދެއްވައިފިއެވެ. ވަޒީރު މިފަދައިން ރައްދު ދެއްވާފައިމިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ދެއްކި އިހާނެތި ވާހަކަތަކަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ޕީއެންއެފުން ބޭއްވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ހުތުރު ބަސްތަކުން ފާޑުކިޔާ މަންޒަރެވެ. އެ ވީޑިއޯގައި އެމަނިކުފާނާ ގުޅުވައިގެން ދެއްކި ވާހަތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.
އެ ވީޑިއޯއާ ގުޅިގެން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ހަމަ އެ ވީޑިއޯއިން ފެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ރުންކުރުވެ، އެތަނުގައިތިބި ރައްޔިތުންނަކީ ނާގާބިލް އަދި ޖާހިލު ބައެއް ކަމަށް ވިދާޅުވެ ނަފްސު ކޮންޓްރޯލުނުވެ ސްޓޭޖު ދޫކޮށް ވަޑައިގެންނެވި ކަމަށެވެ. އަދި އޭގެ 17 އަހަރު ފަހުންވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި މައިކު އަތުޖެހުމުން ހަމަބުއްދި ފިލައި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބަސްމަގު ހުތުރުވެ އަދި ފާފަފުއްސެވުމާ ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި މާތް ﷲއަށް ލިބިވޮޑިގެންވާ ސިފަފުޅުތަކާމެދު، ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށްދާ ކަމަށާއި އެފަދަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ.
2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ހަމަ މި ވީޑިއޯއިން މި ފެންނަ ބޭފުޅާ ރުންކުރުވެ، އެތާތިބި ރައްޔިތުންނަށް ނާގާބިލަށް ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔައީ. އޭގެ 17… https://t.co/0i1NpGAOAq
— Mohamed Saeed (@em_saeed) April 18, 2025
އެފަދަ މީސްމީހުންނާ އަޅާ ބަލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަފާތަކީ ހަރުދަނާކަން ކަމަށާއި އެމަނިކުފާނަކީ މަޑުމައިތިރި، ރިވެތި އަޚްލާޤުގެ ބޭފުޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ އަނެކުންގެ ކަރާމާތް ހިފަހައްޓަވައި، ހީވާގިކަމާއެކު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ރެޔާދުވާލު ހިންމަތާއެކު ބުރަ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންކަން ކާމިޔާބުވަމުންގޮސް، އެމަނިކުފާނަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޑރ. ޖަމީލްމެންފަދަ ބޭފުޅުން ސިޔާސީޕާޓީތައް ހިންގުމުގެ ނަމުގައި ކުރަނީ ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ ކަމަށާއި މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށްވެސް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
