
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތް الله ދެއްވާ އެއްޗެއް ކަމަށާއި އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫންކަމަށް ވިދާޅުވެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް، ޕީއެންއެފްގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ޕީއެންއެފުން ބޭއްވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ހުތުރު ބަސްތަކުން ފާޑުކިޔާ މަންޒަރެވެ. އެ ވީޑިއޯގައި އެމަނިކުފާނާ ގުޅުވައިގެން ދެއްކި ވާހަކަތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ ސިޔާސީ ވިޔަސް ދައްކަން ހެޔޮ ނުވާނެ ވާހަކަތައް ހުންނާނެ ކަމަށެވެ. އަދި “ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެ ރަންވެފައި ތިބޭ” ކަމަށާއި 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ހިތަށް ގެނައުމުން “ބޮޑުތަނުން ރަނގަޅުވާނެ” ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސިޔާސީވިޔަސް މީ ފުކެއް ބޮޑުވަރު. ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެރަންވެފަ މިތިބެނީ. ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ.… https://t.co/AtGNsjomZ9
— Ahmed Shiyam (@Shiyamaldives) April 18, 2025
ވަޒީރު ވިދާޅުވީ ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތް الله ދެއްވާ އެއްޗެއް ކަމަށެވެ. އަދި ހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާނގެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވެރިކަމަކީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން ކަމަށާއި އެފަދަ ގޮތަށް ވިސްނާ ފަރާތްތަކަށް ތެދުމަގު ދެއްކެވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
