
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ)
ޗައިނާގެ، ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ވަފްދު ރާއްޖެއަށް ކުރާ ދަތުރުގެ ސަބަބުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ބޭރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ދަތުރާއި ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާ ބާޒާރަށް އެކްސްޕޯޓު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޗައިނާގެ، ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ މެންބަރުންތަކެއް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތަކާއި ވަނީ ބައްދަލުކޮށްފައެވެ. މިމަހުގެ 13 އިން 18 އަށް އެ ޖަމްޢިއްޔާގެ ވަފުދެއް ރާއްޖެއަށް ކުރާ ދަތުރުގައި، މަސްވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކާއި ބައްދަލުކޮށް އޮޕަރޭޝަންތައް ހިންގާ ގޮތް ވަނީ ބަލާފައެވެ.
ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ)ގެ މި ވަފުދު ރާއްޖެއަށް ކުރަމުންދާ ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަސޭހަކޮށް ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމެވެ. މިއީ މިވަފުދުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ފެންވަރު ބެލުމަށް ކުރާ ދިރާސާ ދަތުރެކެވެ.
The China’s Chamber of Commerce for Food Stuff and Native Produce team’s visit aims to help boost exports through the FTA between Maldives and China. The delegation has visited local processing facilities and met with industry stakeholders to better understand the export… https://t.co/j6xUjVs5F7
— Mohamed Saeed (@em_saeed) April 18, 2025
މި ދަތުރާއި ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، މިވަފުދުގެ ދަތުރުގެ ސަބަބުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން މަސް ބޭރުކުރުމަށް ކުރަމުންދާ މަސައްކަތަށް ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި އެ ފަރާތްތަކުން ރާއްޖޭގެ މި ސިނާޢަތުގެ އެކި ފަރާތްތަކާއި ބައްދަލުކޮށް ރާއްޖެއިން މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އޮތީ ކިހާވަރަކަށްތޯ ބަލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ވަފުދުން ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔާފާރިއާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރާއި އެވުޒާރާގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ. މީގެއިތުރުން މިފްކޯގެ އިސްވެރިންނާއި ބައްދަލުކޮށް މިފްކޯގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާގޮތް ވަނީ އޮޅުންފިލުވާފައެވެ. އަދި ރާއްޖޭގެ ކަނޑުމަހުގެ އެކްސްޕޯޓަރުންގެ ޖަމްޢިއްޔާއާވެސް ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ.
ޗައިނާ ވަފުދުގެ ޒިޔާރަތުގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ގިނަ ފެސިލީޓީތަކަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ހުއިފިލަނޑާގެ އުފެއްދުންތައް ބޭރުކުރާ ފަރާތްތަކާއި، ކަންނެލީގެ ބާވަތްތައް އުފައްދާ ފަރާތްތަކާއި ވަނީ ބައްދަލުކޮށްފައެވެ. މީގެ އިތުރުން މާންދޫ މަސްފެކްޓަރީއާއި، ހިންމަފުށީ މަސްކާރުޚާނާގެ އިތުރުން މަނިޔަފުއްޓަށް ޒިޔާރަތްކޮށް އެތަންތަނުގެ އޮޕަރޭޝަން ގާތުން ބަލައި މައުލޫމާތުވަނީ އޮޅުންފިލުވާފައެވެ. ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ތެރެއިން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ކަނޑުމަސް ޗައިނާއަށް ބޭރުކޮށް މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
