
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ)
ހުއިފިލަނޑާގެ ބާވާތްތައް ޗައިނާއަށް އެކްސްޕޯޓުކުރުމުގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޗައިނާ ޗެމްބާ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް، ސީއެފްއެންއޭގެ ވަފުދަކާއެކު ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓުކުރާ ފަރާތްތައް، ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަދި ވަކިން ޚާއްޞަކޮށް ހުއިފިލަނޑާގެ ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ފުރުޞަތުތައް އިތުރުކުރުންކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ހުއިފިލަނޑާގެ ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ވިޔަފާރިތަކަށް މިހާރު ދިމާވަމުންދާ ދަތިތަކާއި، ހުއިފިލަނޑާގެ ބާވަތްތައް ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިއުމުގައި ހުރި ދަތިތައް ހިއްސާކޮށްފައެވެ. އަދި ހުއިފިލަނޑާ އެކްސްޕޯޓުކުރުމުގައި ކުރިމަތިވާ އުނދަގޫތައްވެސް އެ ފަރާތްތަކުން ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، މިކަންކަމަށް ހައްލު ގެނައުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ސީއެންއެފްއޭގެ ޓީމުން ލަފާދެއްވާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
Representatives from the CFNA and Maldivian sea cucumber exporters met today to explore opportunities for boosting exports, likely leveraging the FTA’s provisions for duty-free access to the Chinese market for fish products, including sea cucumber. pic.twitter.com/oZfMASWM1Q
— Ministry of Economic Development and Trade (@MoEDmv) April 17, 2025
ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް، ސީއެފްއެންއޭގެ ވަފުދެއް ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް، ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަހިކޮށްދިނުމެވެ. ސީއެފްއެންއޭގެ މި ދަތުރުގައި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އެހެން ފަރާތްތަކާއެކުވެސް ވަނީ މަޝްވަރާކޮށްފައެވެ.
އެގޮތުން ސީއެފްއެންއޭގެ ވަފުދުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ޢިޤްތިޞާދީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ހުރި ޤަވާއިދުތަކާއި ހުރަސްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ޗައިނާގެ ވަފުދުވަނީ ސަރުކާރުގެ މަސްކުންފުނި، މިފްކޯއާވެސް ބައްދަލުކޮށް، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގައި މަސްވެރިކަމުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އެމީހުންގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ގެންދިއުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
