
(ފޮޓޯޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ޔަމަނުގެ ރައުސު ޢީސާ ތެޔޮ ބަނދަރަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގަައި 74 މީހުން ޝަހީދު ކޮށްލައިފިއެވެ. އެމެރިކާއިން ޙަމަލާ ދީފައިވާ ސަރަޙައްދު އޮތީ ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ހޫޘީންގެ ބާރުގެ ދަށުގައެވެ. ހޫޘީންގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު އަނީސް އަލްއަސްބަހީ ބުނީ އެމެރިކާއިން ބުރާސްފަތި ދުވަހު ދިން ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވުމުގެ އިތުރުން 171 މީހުންނަށް ޒަޚަމުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނާއި ޕެރެމެޑިކުން ވެސް ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑު، ސެންޓްކޮމުން ބުނީ ރައުސު ޢީސާއަށް ދިން ޙަމަލާގެ މަޤްސަދަކީ އީރާނުގެ ވާގިވެރިވާ ހޫޘީންނަށް ތެލާއި ހަކަތަ ލިބޭ މަގު ބަންދު ކުރުމުގެ އިތުރުން އެ ޖަމާޢަތަށް އާމްދަނީ ލިބޭނެ ދޮރުތައް ބަންދު ކުރުން ކަމަށެވެ. “އެމެރިކާގެ އަސްކަރީ ފައުޖުން މިއަދު މި ފިޔަވަޅު އެޅީ އީރާނުން ވާގިވެރިވާ ހޫޘީންނަށް ތެޔޮ ލިބޭ މަގު ބަންދު ކުރުމަށް. މި ޙަމަލާތަކުގެ ބޭނުމަކީ ހޫޘީންގެ އިޤްތިޞާދީ ބާރު ދަށް ކޮށްލުން،” ސެންޓްކޮމުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެމެރިކާއިން ދިން ވައިގެ ޙަމަލާތައް އެކި ސަރަޙައްދުތަކަށް އެރި ނަމަ ވެސް އެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ ތެޔޮ ބަނދަރު ހުންނަ މަރުކަޒަށެވެ. ފުރަތަމަ ހަތަރު ޙަމަލާ ދީފައި ވަނީ އެ ބަނދަރުގައި މީހުން މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ޙަމަލާ ވެގެންދިޔައީ އެ ބަނދަރުގައި މަސައްކަތްކުރަމުން ދިޔަ މީހުންނަށް ލިބުނު ބޮޑު ސިހުމަކަށެވެ.
އެ އެއީ އެ ޙަމަލާތަކުގައު ގިނަ ޢަދަދެއްގެ ޢާންމުން ޝަހީދުވުފައިވާތީއާއި ރައުސު ޢީސާފަދަ އިސްތިރާޖީ ގޮތުން މުހިންމު ތަނަކަށް ޙަމަލާތައް އަމާޒު ކުރުމުން އެމެރިކާއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ޔަމަަނަށް އެތެރެކުރާ މުދަލުގެ 70 އިންސައްތަ އަދި އެ ޤައުމަށް އެތެރެކުރާ އިންސާނީ އެހީގެ 80 އިންސައްތަ ރައުސު ޢީސާގެ ބަނދަރުތައް ހުރަސް ކުރެއެވެ. ރައުސު ޢީސާއަކީ އެ ތަނެއްގައި ޔަމަނުގެ މުހިންމު ތެޔޮ ހޮޅިއަކާއި ބަނދަރެއް އޮންނަ ސަރަޙައްދެކެވެ. އދގެ ޔޫއެންޑީޕީން ބުނީ އެ ދެ ތަނަކީ ވެސް ކޮންމެހެން މުހިންމު އަދި ފަނާވެއްޖެނަމަ އަލުން އިޢާދަ ނުކުރެވޭ ވަރުގެ ބިނާތައް ކަމަށެވެ. އެމެރިކާއިން ދިން ޙަމަލާތަކުގެ ރައްދެއްގެ ގޮތުގައި ހޫޘީން ވަނީ އިޒްރޭލުގައި ހުންނަ ދެ އަސްކަރީ މަރުކަޒަކަށާޢި އެމެރިކާގެ ދެ އަސްކަރީ މަނަވަރަށް ޙަމަލާތައް އަމާޒު ކޮށްފައެވެ. ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސާރީ ބުނީ އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނާ ދެކޮޅަށް މެދުކެނޑުމެއް ނެތި ދެމުންދާ ޙަމަލާތަކުގެ ނަތީޖާއަކަށް ވެގެން ދާނީ އެމެރިކާއާ ދެކޮޅަށް ޔަމަނުން އިތުރު ޙަމަލާތައް ދިނުން ކަމަށެވެ.
އެމެރިކާގެ މި ޙަމަލާއަކީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން މެދުއިރުމަތީގައި އެމެރިކާއިން ދިން ޙަމަލާތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން ޝަހީދުވި އެއް ޙަމަލާއެވެ. އެމެރިކާއިން މިދިޔަ މާރިޗު މަހުގެ ތެރޭގައި ދެ ދުވަހެއްގެ މަތިން ޔަމަނަށް އަމާޒު ކުރި ޙަމަލާތަކެއްގައި ވެސް 50އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދީ ކުށެއް ނެތް އެތައް ހާސް ބަޔަކު ޝަހީދު ކުރަމުންނެވެ. އެ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫޘީން ވަނީ ޔަހޫދީންނާ ގުޅުންހުރި އެކި އުޅަނދުފަހަރަށް ކަނޑުމަގުން ޙަމަލާ ދެމުންނެވެ. އެއީ ޔަމަނުން ޣައްޒާއާއެކު ވާ ކަމަށް ބުނެ ދެމުންދާ ޙަމަލާތަކެކެވެ. މިހާތަނަށް އެ ފަދަ 100އަށްވުރެ ގިނަ ޙަމަލާ ޔަމަނުން ދީފައިވެއެވެ. ހޫޘީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެމެރިކާއަށް ވެސް ގެއްލުންތައް ލިބެމުންދާއިރު ޔަހޫދީންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ނުހުއްޓާނަމަ ޔަމަނަށް ޙަމަލާ ދެމުންދާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.
ހޫޘީންގެ ފަރާތުން އެ ޖަމާޢަތުގެ އިސް ވެރިއެއް ކަމަށްވާ މުޙައްމަދު ނާސިރު އަލް އާތީފީ ބުނީ އެމެރިކާގެ ޖަރީމާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ޔަމަނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. އޭގެ ބަދަލުގައި އެ ފަދަ ޙަމަލާތަކުގެ ސަބަބުން ޔަމަނުގެ ރައްޔިތުންގެ ހިތްވަރު އައު ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
