
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުން ކުރިއެރުމެއް ނުލިބޭ ނަމަ ދުވަސްކޮޅެއްގެ ތެެރޭގައި އެ މަސައްކަތް ހުއްޓާލުން އެކަށީގެންވާ ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު މާކޯ ރޫބިިޔޯ ވިދާޅުވެއްޖެއެވެ. ވިލާތާއި ޔޫކްރެއިންގެ އިސްވެރިންނާއެކު މަތީ ފަންތީގެ ރަސްމީ މަޝްވަރާތައް ކުރެއްވުމަށް ފަރަންސޭސިވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިޔޯ ވިދާޅުވީ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ނުގެނެވޭނެ ނަމަ އެމެރިކާ އެ މަސައްކަތް ދޫކޮށްލާނެ ކަމަށެވެ. ހަނގުރާމަ ނިމުމަކަށް ގެނެވޭނެތޯ ނުވަތަ ނޫންތޯ ވީހާ ވެސް އަވަހަކަށް ދެނެގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް މަދު ދުަވަސްކޮޅެއްގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރޫބިޔޯ މި މޭރުމުން ވާހަކަ ދެއްކެވުމުން ތިން އަހަރު ދުވަހަށް ދެމިގެންގޮސްފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ސަބަބުން ކުރިއެރުމެއް ނުލިބޭތީ މާޔޫސްކަން އިތުރުވަމުންދާ ކަން ދޭހަވެއެވެ. ހަނގުރާމަ ނިމުމަކަށް ނެގެނެވޭ ޙާލަތެއްގައި އެމެރިކާއިން ކުރަމުންދާ މަސައްކަތް ދޫކޮށްލާނެ ކަމަށް ރޫބިޔޯ ވިދާޅުވި ވިދާޅުވުމާ ގުޅޭގޮތުން ސުވާލު ކުރުމުން އެމެރިކާގެ ސަރުކާރުގެ އިސްވެރިއަކު ވިދާޅުވީ ރޫބިޔޯ ދެންނެވީ އެމެރިކާއިން މަޝްވަރާތައް ހުއްޓާލާނެ ވާހަކަ ކަމަށާއި ކުރިއަށް އޮތް ދުވަސްކޮޅަކީ ދެން ޢަމަލު ކުރާނެ ގޮތަކާމެދު ވިސްނުމަށް މުހިންމު ދުވަސްކޮޅެއް ކަމަށެވެ.
ރޫބިޔޯއާއި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވިދާޅުވީ ހަނގުރާމަ ކުރަމުންދާ ދެ ފަރާތަށް ފުޅާ އޮނިގަނޑެއް ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހުޅުންތަކުގެ ބޭނުމަކީ ދެ ފަރާތުގެ ދެމެދުގައި ހުރި ތަފާތުތައް ކުރު މުއްދަތެއްގެ ތެރޭގައި ކުޑަކުރެވިދާނެތޯ ދެނެގަތުން ކަމަށެވެ. އެ ކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޔޫކްރެއިންގެ ވަފުދުން އެ ހުށަހެޅުންތައް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް އަރުވާނެ ކަމަށް ރޫބިޔޯ ވިދާޅުވިއެވެ. އަދި އެ ހުށަހެޅުން ރޫބިޔޯއާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގެއި ލަވްރޮފާ ދެމެދު މިހާރު މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ރޫބިޔޯ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްކޮޅު ކުރިއެރުމެެއް ނުލިބޭ ނަމަ އެމެރިކާގެ ސަރުކާރުން އެ ޤައުމުގެ ސިޔާސަތުތަކާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމަން ޖެހޭނެ ކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ބުނެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާއާއެކު ގުޅުން ބަދަހި ކުރާ އަދި ވިޔަފާރި ކުރާ ޤައުމުތަކާއި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަައި ޓެރިފްތައް ތަޢާރަފު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. ހަމަ އެއާއެކު، މުއްދަތެއް ނެތް ގޮތަށް ޔޫކްރެއިނަށް އެހީތެރިކަން ފޯރު ނުކޮށްދެވޭނެ ކަމަށާއި ވިލާތުގެ ޤައުމުތަކުން ޔޫކްރެއިނަށް ދޭ އެހީތެރިކަން އިތުރު ކުރަންޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ރަޝިޔާއިން ދަނީ ހަނގުރާމަ ހުއެްޓާލުމާ ގުޅޭ މަޝްވަރާތައް ލަސް ކޮށް، ޔޫކްރެއިނުން އެ އެއްބަސްވުމަކާ އެއްގޮތަށް ޢަމަލު ކުރުމަށް އެއްބަސްވެފައިވާ ޙަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ ހުށަހެޅުމެއް ވެސް ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ކެންޕެއިނު ކުރައްވަމުން ޓްރަމްޕް ވަނީ ވެރިކަމަށްވަޑައިގަންނަވައި އެއް ދުވަސް ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ޓްރަމްޕް މި ފަހުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާއިން ކޮންމެ ވެސް ކަމެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރޫބިޔޯ ރިޕޯޓަރުންނާ ވާހަކަ ދެއްކެވިތާ ގަޑިއިރުކޮޅެއް ފަހުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ކާމިޔާބުކަމާއެކު ނިމުމަކަށް ގެނެވިދާނެ ކަމާމެދު އުންމީދު ބޮޑު ކަމަށް ވިދާޅުވެފައެވެ. އިޓަލީވިލާތުގެ ބޮޑުވަޒީރު ޖިއޯޖިޔާ މެލޮނީއާ ބައްދަލު ކުރައްވާ ވޭންސް ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެކަމުގެ އިޝާރާތްތައް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިނގައި ގޮސްފައިވާ ބައެއް ކަންކަމުން ފެނިފައިވާ ކަމަށެެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
