
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޗައިނާގެ ކުންފުންޏަކުން ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ތުހުމަތު ކޮށްފިއެވެ. އެ ވުޒާރާއިން ބުނީ، އެމެރިކާގެ މަސްލަހަތު ހިމެނޭ މުދަލާއި މީހުންނަށް ޙޫޘީން ދެމުންދާ ޙަމަލާތަކުގައި އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ޗައިނާގެ ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީ ކުންފުނިން ކަމުގައެވެ. އެއީ، ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. ސެޓެލައިޓް ޚިދުމަތްތައް ފޯރުކޮށްދޭ ޗައިނާގެ ކުންފުންޏަކުން ޙޫޘީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ފައިނޭންޝަލް ޓައިމްސުން ވެސް ދާދިފަހުން ރިޕޯޓު ކޮށްފައިވެއެވެ. އެމެރިކާގެ މަޞްދަރުތަކާ ޙަވާލާދީ އެ ނޫހުން ބުނީ، ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި، ބޭރު ޤައުމުގެ އާގުބޯޓުފަހަރަށް ޙޫޘީން ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޗައިނާގެ ކުންފުންޏެއްގެ އެހީތެރިކަމާއި، ބައިވެރިވުމާ އެކުގައި ކަމުގައެވެ.
“އީރާނުން ވާގިވެރިވާ ޙޫޘީ ޖަމާޢަތުން އެމެރިކާގެ މަސްލަހަތު ހިމެނޭ ފަރާތްތަކަށް އަމާޒުކޮށް ދެމުންދާ ޙަަމަލާތަކަށް ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީން ސީދާކޮށް އެހީތެރިކަން ފޯރުކޮށްދޭ ކަމުގެ ރިޕޯޓުތައް އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެވޭނެ،” އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވިއެވެ. “ޗައިނާއިން މަސައްކަތް ކުރަމުން ދަނީ… އެއީ، ދުނިޔޭގެ ސުލްޙައަށް މަސައްކަތް ކުރަމުންދާ ޤައުމެއް ކަމުގައި ދެއްކުމަށް… ނަމަވެސް، ބެއިޖިންގ އަދި ޗައިނާގެ ކުންފުނިތަކުން ރަޝިޔާ، އުތުރު ކޮރެޔާ އަދި އީރާނާއި އީރާނުން ވާގިވެރިވާ ގުރޫޕުތަކަށް އިޤުތިޞާދީ އަދި ފަންނުވެރިކަމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭ ކަން ވަރަށް ސާފު،” އޭނާ ވިދާޅުވިއެވެ.
ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީން ޙޫޘީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން އެމެރިކާއިން ޗައިނާގެ ސަރުކާރާ ހިއްސާ ކޮށްފައިވާނެ ކަން ވެސް ބްރޫސް ކަށަވަރު ކޮށްދެއްވިއެވެ. “އެ މީހުން [ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީން] އަދިވެސް މެދުކެނޑުމެއް ނެތި އެ ކަން ކުރަމުން ދިޔުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން،” އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޗައިނާއިން ބުނީ މި ކަމާ ގުޅޭ މަޢުލޫމާތު ލިބިފައި ނެތް ކަމުގައެވެ. ވޮޝިންގޓަނުގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނު ލިއު ޕޮންގޔީ ވިދާޅުވީ ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީން ޙޫޘީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގެ މަޢުލޫމާތު ކުރިން ލިބިފައި ނުވާ ކަމުގައެވެ. އަދި، އެހެންވުމާ އެކު، އެ ކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް ހާމަކުރުމަށް ދަތި ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
