
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއަށް އެތެރެވުމަށް ވިސާއަށް އެދި ހުށަހަޅާ މީހުން ފަލަސްޠީނަށް ތާޢީދު ކުރޭތޯ ބެލުމަށް އެ މީހުންގެ ސޯޝަލް މީޑިޔާ އެކައުންޓުތައް ބެލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަމުރު ކޮށްފިއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން އަމުރު ކޮށްފައި ވަނީ، 2007ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހަށް ފަހު ޣައްޒާއަށް ދަތުރު ކޮށްފައިވާ މީހުންގެ ސޯޝަލް މީޑިޔާ އެކައުންޓުތައް ބަލައި ދިރާސާ ކުރުމަށެވެ. އޭގެ ތެރެއިން، މަދަނީ ޖަމުޢިއްޔާތަކަށް ނިސްބަތްވާ މީހުންގެ އެކައުންޓުތައް ބެލުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ވެސް ޚާރިޖީ ވުޒާރާއިން ވަނީ އަމުރު ކޮށްފައެވެ. އަދި، ފަލަސްޠީނަށް ދަތުރުކޮށް ދިގު މުއްދަތެއް ހޭދަ ކޮށްފައިވާ މީހުންނާއި، ރަސްމީ އަދި ޚާރިޖީ ހައިސިއްޔަތެއްގައި ފަލަސްޠީނަށް ދަތުރު ކޮށްފައިވާ މީހުންނަށް އިސްކަން ދިނުމަށް ވެސް އެ ވުޒާރާއިން އަންގާފައިވެއެވެ.
އެ މީހުންގެ ސޯޝަލް މީޑިޔާ އެކައުންޓުތައް ބަލައި ދިރާސާ ކުރުމުގެ ތެރެއިން ޔަހޫދީންނާ ދެކޮޅު ޚިޔާލުތައް ފާޅުކޮށްފައިވާ ކަން ހާމަވެއްޖެ ނަމަ، އެ މީހެއްގެ ފުށުން ޤައުމީ ސަލާމަތަށް ނުރައްކަލެތް ނެތް ކަން ކަށަވަރު ކުރުމަށް އިތުރު ތަޙުޤީޤުތައް ކުރުމަށް ވެސް ޚާރިޖީ ވުޒާރާއިން އަމުރު ކޮށްފައިވެއެވެ. އެ ވުޒާރާގެ އަމުރު، އެމެރިކާގެ ޚާރިޖީ ދާއިރާގެ އަދި ޚާރިޖީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ އޮފީހަކަށް ވަނީ ފޮނުވާފައެވެ. ފަލަސްޠީނަށް ތާޢީދުކޮށް، އަދި ޔަހޫދީންނާ ދެކޮޅު ޚިޔާލުތައް ފާޅުކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓްރަމްޕްގެ ސަރުކާރުން އަމުރު ކޮށްފައި މި ވަނީ، ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަ ކޮށްފައިވާ މީހުންނާއި، އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން ފަލަސްޠީނަށް ތާޢީދުކޮށް އަޑުއުފުލާ ދަރިވަރުންގެ ވިސާ ބާޠިލު ކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ ކަން ކުރަމުން ދަނީ ޓްރަމްޕްގެ އަމުރަށެވެ. މީގެ އިތުރުން، އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމުގައި އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ޤަބޫލު ކުރާ މީހުންނާ ދެކޮޅަށް ވެސް އެ ޤައުމުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.
ފަލަސްޠީނަށް ތާޢީދުކޮށް، އަދި ޔަހޫދީންނާ ދެކޮޅު ޚިޔާލުތައް ފާޅުކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނެރެފައިވާ އަމުރުގައި ސޮއި ކުރައްވާފައި ވަނީ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއެވެ. އެމެރިކާއަށް ހިޖުރަ ކޮށްފައިވާ 300އެއްހާ މީހުންގެ ވިސާ މީގެ ކުރިން ވެސް ބާޠިލު ކޮށްފައިވާނެ ކަން އޭނާ އިޢުލާނު ކުރައްވާފައިވެއެވެ. ނަމަވެސް، އެމެރިކާގެ ވިސާއަށް އެދި ހުށަހަޅާ މީހުންގެ ސޯޝަލް މީޑިޔާ އެކައުންޓުތައް ބަލައިފާސްކުރުމަށް ނެރެފައިވާ އަމުރާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކުރުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އިންކާރު ކޮށްފައެވެ. “ޓްރަމްޕްގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ޤައުމީ ސަލާމަތާއި، އެމެރިކާގެ ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުން، އަދި އެމެރިކާއަށް އެތެރެވުމުގެ ވިސާ ދޫކުރުގައި ސަލާމަތީ ގޮތުން އެންމެ ހަރުދަނާ އަދި ފުރިހަމަ ފިޔަވަޅުތައް ތަންފީޒު ކުރުން،” އެ ވުޒާރާގެ ތަރުޖަމާނު ބުންޏެވެ. އެމެރިކާއަށް އެތެރެވުމަށް އެދި ހުށަހަޅާ މީހުންގެ ސޯޝަލް މީޑިޔާ އެކައުންޓުތައް ދިރާސާ ކުރުމަކީ އަލަށް ކުރާ ކަމެއް ނޫން ކަމުގައި ވެސް ތަރުޖަމާނު ބުންޏެވެ.
ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި، ޔަހޫދީންގެ މަސްލަޙަތާއި، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން، ވަކިން ޚާއްޞަ ގޮތެއްގައި ރައީސް ޓްރަމްޕް، ގެންދަވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ބޭނުންވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ފޯރުކޮށްދެއްވަމުން ގެންދަވަނީ ވެސް ޓްރަމްޕް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
