
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށް ތައްޔާރަށް އޮތް ކަން އެ ޖަމާޢަތުން ހާމަކޮށްފިއެވެ. ޙަމާސްގެ އިސް އޮފިޝަލަކު މި ކަން ހާމަކޮށްފައި ވަނީ، ޒަޔަނިސްޓު ޔަހޫދީން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އިންކާރު ކުރާ ކަމުގައި އެ ޖަމާޢަތުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ހުރިހާ އަސީރުން މިނިވަން ކުރުމަށް ޙަމާސުން ތައްޔާރަށް އޮތް ކަން ހާމަ ކުރައްވާފައި ވަނީ ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާއެވެ. އޭނާއަކީ، ޙަމާސާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ ނުރަސްމީ މަޝްވަރާތަކުގައި ޣައްޒާގެ ފަރާތުން ވަކާލާތު ކުރައްވާ އިސް މަންދޫބެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައި ޙައްޔާ ވިދާޅުވީ ޔަހޫދީންނާ އެކު ވަގުތީ ނުވަތަ ކުރު މުއްދަތުގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސުން މި ވަގުތު ބޭނުން ނުވާ ކަމުގައެވެ. އަދި، އޭގެ ބަދަލުގައި ބޭނުން ވަނީ ދެމެހެއްޓެނިވި އެއްބަސްވުމެއް އެކުލަވައިލުމަށް ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މި ކަމަށް ޔަހޫދީން އެއްބަސްވާނެ ކަމަށް ނުބެލެވޭ ކަމުގައެވެ. އަދި، ޙަމާސްގެ މި ހުށަހެޅުމާ އެކު، ސުލްޙައިގެ މަޝްވަރާތައް އިތުރަށް ދިގުދެމިގެން ދާނެ ކަމަށް ބެލެވޭ ކަމުގައެވެ. ޙައްޔާ ވިދާޅުވީ، ޔަހޫދީންނާ އެކު ދިގުދެމިގެންދާނެ ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި، އެ ފަދަ އެއްބަސްވުމުގެ ދަށުން އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށް ވެސް ތައްޔާރަށް އޮތް ކަމުގައެވެ.
ނަމަވެސް، ޙަމާސުން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމަށް ނިމުމެއް ގެނައުމާއި، ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވާ ފަލަސްޠީނުގެ ރައްޔިތުން މިިނިވަން ކުރުން ހިމެނެއެވެ. އަދި، ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތްތަކަށް މަގު ފަހިކޮށްދިނުން ހިމެނެއެވެ. “[ޒަޔަނިސްޓު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން] ނަތަންޔާހޫއާއި އޭނާގެ ސަރުކާރުން ބޭނުން ވަނީ އެ މީހުންގެ ސިޔާސީ އެޖެންޑާ ކުރިއެރުވުމަށް ފުރިހަމަ ނޫން ވަގުތީ އެއްބަސްވުންތަކެއް އެކުލަވައިލުން، މަޤުޞަދަކީ ޤަތުލުޢާންމު ކުރިއަށް ގެންގޮސް [ޣައްޒާގެ މުސްލިމުން] ހައިހޫނުގައި ދެމިތިއްބުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ފުރާނައާ މެދު އެ މީހުން ނުވިސްނާ. އެ ފަދަ ސިޔާސަތެއް ކުރިއެރުވުމަށް އަޅުގަނޑުމެންގެ ބައިވެރިވުމެއް ނުލިބޭނެ،” އަލް-ޙައްޔާ ވިދާޅުވިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ޢުދުވާންތަކަށް ނިމުމެއް ގެނައުމަށް ބާއްވަމުންދާ ނުރަސްމީ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަނީ މިޞްރާއި ޤަޠަރުންނެވެ. އެ ދެ ޤައުމުން ދަނީ ޖަނަވަރީ މަހުގެ އެއްބަސްވުމަށް އަލުން ރުޖޫއަވުމަށް މަސައްކަތް ކުރަމުންނެވެ. އޭޕްރިލް 14ވަނަ ދުވަހު ވެސް ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. ނަމަވެސް، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަން ހާމަ ކުރުމުން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވަނީ މި ކަމަށް ރައްދު ދީފައެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޭމް ހިޔުވިޓް ވިދާޅުވީ ދެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމުގެ ނިޔަތެއް ޙަމާސްގެ ކިބައިގައި ނެތް ކަމުގައެވެ. އަދި، ހުރިހާ އަސީރުން މިނިވަން ނުކޮށްފި ނަމަ، ޙަމާސަށް “ނަރަކައާ އެއް ފަދަ” ހާލަތާ ކުރިމަތިލާން ޖެހޭނެ ކަމުގައި ވިދާޅުވެ، އޭނާ މި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރު ތަކުރާރު ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
