
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ އިންތިޤާލީ ރައީސް ކަމަށް އިސްވެފައިވާ އަޙްމަދު ޝަރާޢު ރަޝިޔާއާއެކު ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އައް-ޘާނީ ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންގެ އަރިހުގައި ދަންނަވައިފިއެވެ. އޭނާ އެހެން ވިދާޅުވީ ރަޝިިޔާއަށް މި ވަގުތު ކުރައްވަމުންދާ ދަތުރުފުޅެއްގައި ޕuޓިންއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. ޝައިޚް ތަމީމް އެހެން ވިދާޅުވެފައި ވަނީ ސޫރިޔާގައި ޤާއިމު ކޮށްފައިވާ ރަޝިޔާގެ ދެ އަސްކަރީ މަރުކަޒުގެ ބޭނުން އަލުން ހިފޭނެ ގޮތްތަކެއް ހަމަޖައްސަވައި، އެ ސަރަޙައްދުގައި އޮތް ރަޝިޔާގެ ނުފޫޒު ކުޑަވިޔަ ނުދިނުމަށް ޕޫޓިން މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޭރު ސޫރިޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުެއްލި ގޮތަކަށް ނިމުމަކަށް އައުމުގެ ކުރިން ސޫރިޔާއާއި ދެމެދުގައި ވަރަށް ގާތް ގުޅުމެއް ވަނީ ދަމަހައްޓާފައެވެ.
ޝައިޚް ތަމީމް ޕުޓިން އަރިހުގައި ވިދާޅުވީ ސޫރިޔާގެ ރައީސް މީގެ ދުވަސްކޮޅެއް ކުރިން ޤަޠަރަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށާއި އެ ދަތުރުފުޅުގައި ސޫރިޔާއާއި ރަޝިޔާއާ ދެމެދު ތާރީޚީ ގޮތުންނާއި އިސްތިރާޖީ ގޮތުން އޮންނަ ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޙްރިތާމުގެ މައްޗަށް ބިނާކޮށް ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް ޝަރާޢު އެދިވަޑައިގަންނަވާ ކަމަށް ޝައިޚް ތަމީމް ވިދާޅުވިއެވެ. ޕުޓިން ވިދާޅުވީ ސޫރިޔާގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއި އެ ޤައުމުގެ އެކި ދަރިކޮޅުތަކުގެ މެދުގައި އޮތް ހަމަނުޖެހުންތަކަކީ ވަރަށް ބޮޑެތި ކަންކަން ކަމަށެވެ. ސޫރިޔާއަކީ މިނިވަން އަދި އިސްތިޤުލާލީ ޤައުމެއްގެ ގޮތުގައި ދެމިއޮވެވޭނެ ކަން ޔަޤީން ކުރުމަށް ކުރެވެންހުރި ކަމެއް ރަޝިޔާއިން ކުރާނެ ކަމަށާއި އިންސާނީ އެހީ ހިމެނޭ ގޮތަށް ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދެވިދާނެ ގޮތްތަކާމެދު ޤަޠަރާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވެސް ޕުޓިން ވިދާޅުވިއެވެ. ސޫރިޔާގައި ސިޔަސީ މައްސަލަތަކާއި ސަލާމަތީ މައްސަލަތަކާއި އިޤްތިޞާދީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޝައިޚް ތަމީމާއި ޕުޓިންއާ ދެމެދު ދެކެވުނު ވާހަކައިގައި ފަލަސްޠީނުގެ ޣައްޒާގެ ޙާލަތާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ. ޤަޠަރާއި މިޞްރުން އިސްވެ އޮވެ ކުރިއަށް ގެންދިޔަ ޞުލްޙައިގެ މަޝްވަރާތަކުގެ ދަށުން ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ އަނެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން އަލުން އިޢާދަ ކުރުމަށް މިހާތަަނަށް ކޮށްފައިވާ މަޝްވަރާތަކުން ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޕުޓިންއާއެކު ކުރެއްވި މަޝްވަރާގައި ޝައިޚް ތަމީމު ވިދާޅުވީ ޔަހޫދީންނާއި ޙަމާސާ ދެމެދު ކުރާ މަޝްވަރާތައް ވިލަރެސް ކުރުމުގައި ޤަޠަރުން އަދި ވެސް މަސައްކަތް ކުރާނެ ކަމަށާއި ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވުންތައް ހުރި ނަމަ ވެސް އެދެވޭ އެއްބަސްވުމަކާ ހަމައަށް ދެ ފަރާތް ގެނައުމަށް އެހީތެރިވެ ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ އުނދަގޫ ޙާލަތު ނިމުމަކަށް ގެނައުމަށް މަސަައްކަތް ކުރާނެ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ޕުޓިން ވަނީ ޣައްޒާގެ މައްސަލަ ޙައްލު ކުރުމަށް ޤަޠަރުން ކުރަމުންދާ މުހިންމު މަސައްކަތް ފާހަގަ ކުރައްވާފައެވެ. ނަމަވެސް ޤަޠަރުގެ އިތުރުން އެހެން ފަރާތްތަކުން ވެސް ހުށަހަޅަމުންދާ ހުށަހެޅުންތައް ތަންފީޒު ނުވާކަމަށާއި ޣައްޒާގައި ކުށެއް ނެތް، ޞުލްޙަވެރި އެތައް ބަޔަކު ޝަހީދުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މިއަދު ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް ކަމަށް ވެސް ޕުޓިން ވިދާޅުވިއެވެ. ޝައިޚް ތަމީމާއި ޕުޓިންގެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރާ އިންވެސްޓުމަންޓު ފަަންޑަށް ކޮންމެ ޤައުމަކުން އިތުރު އެއް ބިލިޔަން ޔޫރޯ ލުމަށް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވެއެވެ. ރަޝިޔާ ޑައިރެކްޓް އިންވްސްޓްމަންޓް ފަންޑުގެ އިސްވެރިޔާ ކިރިލް ދިމިތުތީވް ވިދާޅުވީ ޤަޠަރަކީ ރަޝިޔާގެ އުމްރާނީ ދާއިރާއަށް ޚަރަދުކުރާ މައި އިންވެސްޓަރެއް ކަމަށާއި ޤަޠަރުގެ ބައިވެރިންނާއެކު މެދުއިރުމަތީގައި އިންވެސްޓު ކުރުމަށް ރަޝިޔާގެ ކުންފުނިތަކުން ޝައުޤުވެރިވާ ކަމަށެވެ.
ބައްދަލުވުމާ ގުޅޭގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިިދާޅުވީ ރަޝިޔާއާއި ސޫރިޔާއާ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން މެދުއިރުމަތީގެ މުހިންމު ޤައުމުތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. ޕެސްކޮވް އިތުރަށް ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅޭ މާ ބޮޑު މަޝްވަރާއެއް އެ ބައްދަލުވުމުގައި ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ރަޝިޔާއާއި ޔޫކްރެއިންގައި ތިބި ޢާއިލާއާ ވަކިވެފައިވާ ކުޑަކުދިން ޢާއިލާއާ އަލުން ގުޅުވައިދިނުމުގައި ޤަޠަރުން އަދާ ކުރި ދައުރަށް ޕުޓިން ޝުކުރު ޢަދާ ކުރައްވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
