
ރާއްޖޭގައި ގާއިމުކުރަމަށް މިހާރު މަސައްކަތް ކުރަމުންދާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ވެގެންދާނީ ސްޕޯޓްސް ޓޫރިޒަމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ރާފިޢު ވިދާޅުވީ މުސްތަގުބަލުގައި އަވައްޓެރި ގައުމުތަކުން އެކި މުބާރާތްތަކަށް ތަމްރީން ހޯދުމަށް އެ ސްވިމިން ޕޫލްގެ ބޭނުން ހިފާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި މިއީ ރާއްޖެ އާއި އަވައްޓެރި ގައުމުތަކަށް ލިބިގެންދާނެ ދުނިޔޭގެ ފެންވަރުގެ ވަސީލަތަކަށް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
“އެހެންވެއްޖިޔާ ރާއްޖޭގެ މާހައުލާ އަދި މި ވަރުގެ ފެސިލިޓީއަކާ މިވަރުގެ ކޮމްބިނޭޝަނަކީ ހަމަ ކައިރި ގައުމުތަކަށްވެސް އަޅުގަނޑުމެންނަށްވެސް މި ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިވިގެންދާނެ.” ރާފިއު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ކުޅިވަރުގެ ތެރެއިން ފަތުރުވެރިކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް މީގެތެރެއިން ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރާއްޖޭގެ ފެތުންތެރިން މަސައްކަތް ކުރަމުން ދަނީ 2028 އަހަރު އެމެރިކާގައި އޮންނަ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ކަމަށް މީގެ ކުރިން ސްވިމިން އެސޯސިއޭޝަނުން ވާނީ ހާމަކޮށްފައެވެ. އެ އަމާޒަށް ވާސިލުވުމަށް މި ޕޫލް ވެގެންދާނީ މުހިންމު ވަސީލަތަކަށެވެ. އެސޯސިއޭޝަނުގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހު ގައުމީ މުބާރާތް އައު ޕޫލްގައި ބޭއްވުމެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
