
ރެއާލް މެޑްރިޑުގެ ކުޅުންތެރިން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީގެ ޝަކުވާ އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ކޮށްފައިވާ ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނަން ފަށައިފިއެވެ. މި ގޮތުން އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ ބުދަ ދުވަހުގެ ރޭ އާސެނަލް އަތުން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުން ކެޓި މެޗުގައި އަންޗެލޮޓީގެ ފަރާތުން ކުޅުންތެރިންނަށް ރަނގަޅަށް އިރުޝާދުދީފައިނުވާ ކަމުގެ ޝަކުވާ އެވެ. އާސެނަލްގެ ދަނޑުގައި ހުސްވި ހަފުތާގައި 3-0 އިން ބަލިވެފައި އޮތުމުން ރޭގެ މެޗުގައި ހަތަރު ލަނޑުން ރެއާލް އޮތީ މޮޅުވާންޖެހިފަ އެވެ. ނަމަވެސް ކުޅުންތެރިންނާ ހަވާލާދީ ސްޕޭނުގެ ނޫސްތަކުން ބުނަނީ މެޗުގައި ކުޅެންވީ ގޮތުގަ މާބޮޑު ރޭވުންތެރިކަމެއް އަންޗެލޮޓީގެ ފަރާތުން ނުފެނުނު ކަމަށާއި ކުޅުންތެރިންނަށް ދަނޑުމަތީގައި މާބޮޑު އިރުޝާދުތަކެއް ވެސް ނުދޭ ކަމަށެވެ.
މިހެންވެ ކުޅުންތެރިންނާއި ކޯޗާ މިހާރު ގުޅުން ކުޑަ ކަމަށް ވެސް ސްޕެއިނުގެ ނޫސްތަކުން ބުނެ އެވެ. ކުޅުންތެރިން މިފަދައިން ވާހަކަ ދެއްކުމުން އަންޗެލޮޓީގެ ބަދަލުގައި އާ ކޯޗަކު ހޯދަން ރެއާލް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. މި ގޮތުން ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އެއްވަނަ ހޮވުމަކީ އެކުލަބުގެ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ އެވެ. އޭނާ ވަނީ ހުސްވި ސީޒަނުގައި ޖަރުމަނު ލީގު ބަޔާ ލެވަކޫސަން އަށް ހޯދައިދީފަ އެވެ. އަލޮންސޯ ގެނައުމަށް ރެއާލް އަށް އޮތް ހަމައެކަނި ހުރަހަކީ އޭނާ ލެވަކޫސަންއާ އެކު ހަދާފައިވާ އެއްބަސްވުން 2026 ގެ ސީޒަނުގެ ނިޔަލަށް ހަމަވާތީ އެވެ.

ނަމަވެސް ރެއާލް މެޑްރިޑުގެ ބައެއް ނުފޫޒުގަދަ ޑިރެކްޓަރުން ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒަށް ހުށަހަޅާ ނަމަކީ ވެސް ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕްގެ ނަން ކަމަށްވެ އެވެ. ބްރެޒިލްގެ ނޫސްތަކުން ބުނަނީ ކޯޗިންއާ ދުރުގައި ހުރި ކާމިޔާބު ކޯޗު އަލުން ކޯޗުކަމަށް އަންނާނެ އޮތީ ދެ ގޮތެއް ކަމަށެވެ. ރެޑްބުލް ގްރޫޕުން އަހަރަކު ދޭ 12 މިލިއަން ޑޮލަރުގެ މުސާރަ ދޫކޮށްލާފައި ކްލޮޕް އެނބުރި ކޯޗިން އަށް އަންނާނެ އޮތީ ދެ ގޮތަކީ އޭނާ އަށް ރެއާލް މެޑްރިޑްގެ ކޯޗުކަން ނުވަތަ ބްރެޒިލްގެ ގައުމީ ކޯޗުކަން ލިބުން ކަމަށްވެ އެވެ.
ރެއާލްގެ ލިސްޓުގައި އެކުލަބުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ހިމެނެ އެވެ. އަންޗެލޯޓީ އާއި ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ. ނަމަވެސް ކެރިއަރުގައި ކާމިޔާބު ކޯޗު ވަނީ ކޮންޓްރެކްޓް ނުނިމެނީސް ރެއާލް މެޑްރިޑުން އޭނާގެ ބަދަލުގައި އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއްނެތް ކަމަށް ބުނެފަ އެވެ.
“ކުލަބުން ފަހަރުގައި ނިންމަފާނެ އަހަރެންގެ ބަދަލުގައި އެހެން ކޯޗަކު ހޯދަން. ފަހަރުގައި އެއީ މި އަހަރު ނޫނީ އަންނަ އަހަރު އަހަރެންގެ ކޮންޓްރެކްޓް ނިމުމުން ކަމަށް ވެސް ވެދާނެ. އެކަމަކު އަހަރެންނަށް މި ކުލަބުން ފުރުސަތު ލިބިއްޖެނަމަ އަހަރެން އުފާކުރާނަން. ފަހަރުގައި ކޯޗަކު ހޯދަފާނެ މާދަމާ ވެސް، 10 ދުވަސް ފަހުން ވެސް ނޫނީ އެއް އަހަރު ފަހުން ވެސް،” އަންޗެލޯޓީ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
