
ރެއާލް މެޑްރިޑުގެ ކޯޗުކަމަށް ލިވަޕޫލްގެ ކުރީގެ ކޯޗު ޖަރުމަނުގެ ޔާގެން ކްލޮޕް ގެނައުމަށް މަސައްކަތްކުރާ ކަމަށް ބްރެޒިލް އާއި އިނގިރޭސި މީޑިއާތަކުން ބުނެފިއެވެ. ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑަށް ފަހު ލިވަޕޫލުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކްލޮޕް ކޯޗުކަމާ ދުރަށް ދިޔައީ ހުސްވި ސީޒަނަށް ފަހު އެވެ. އޭނާ މިވަގުތު އަދާ ކުރަމުންދަނީ ޖަރުމަނުގެ ރެޑްބުލް ގްރޫޕުގެ ގްލޯބަލް ފުޓްބޯޅަ ޑައިރެކްޓަރުގެ މަގާމެވެ. ބްރެޒިލްގެ ނޫސްތަކުން ބުނާ ގޮތުގައި ރެޑްބުލް ގްރޫޕުން އަހަރަކު ދޭ 12 މިލިއަން ޑޮލަރުގެ މުސާރަ ދޫކޮށްލާފައި ކްލޮޕް އެނބުރި ކޯޗިން އަށް އަންނާނެ އޮތީ ދެ ގޮތެކެވެ. އެއީ އޭނާ އަށް ރެއާލް މެޑްރިޑްގެ ކޯޗުކަން ނުވަތަ ބްރެޒިލްގެ ގައުމީ ކޯޗުކަން ލިބުމެވެ.
ސްޕޭނުގެ ބައެއް ނުފޫޒުގަދަ މީޑިއާތަކުން ވެސް ވަނީ ކްލޮޕާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. މި ގޮތުން ރެއާލް މެޑްރިޑުގެ ބައެއް ނުފޫޒުގަދަ ޑިރެކްޓަރުން ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒަށް ހުށަހަޅާ ނަމަކީ ވެސް ކްލޮޕްގެ ނަން ކަމަށްވެ އެވެ. ނަމަވެސް މިހާރުގެ ކޯޗު ކާލޯ އަންޗެލޯޓީއަށް ފަހު ޕެރޭޒްގެ އެއްވަނަ ހޮވުމަކީ އެކުލަބުގެ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ އެވެ. ނަމަވެސް ޖަރުމަނު ލީގު ހުސްވި ސީޒަނުގައި ބަޔާ ލެވަކޫސަން އަށް ހޯދައިން އަލޮންސޯ، ލެވަކޫސަންއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަން ނިމުމުންނެވެ.
ރެއާލްގެ ކޯޗުކަމާ ބެހޭ ގޮތުން ވާހަކަތައް ގިނަވާން ފެށީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް އެ ޓީމު ކެޓުމުން މިހާރުގެ ކޯޗު ކާލޯ އަންޗެލޯޓީ މި ސީޒަނަށް ފަހު ނުވަތަ އޭގެ ކުރިން ވަކިކުރާނެ ކަމަށް ބެލެވެން ފެށުމުންނެވެ. އަންޗެލޯޓީ އާއި ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ. ނަމަވެސް ކެރިއަރުގައި ކާމިޔާބު ކޯޗު ވަނީ ކޮންޓްރެކްޓް ނުނިމެނީސް ރެއާލް މެޑްރިޑުން އޭނާގެ ބަދަލުގައި އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއްނެތް ކަމަށް ބުނެފަ އެވެ.
“ކުލަބުން ފަހަރުގައި ނިންމަފާނެ އަހަރެންގެ ބަދަލުގައި އެހެން ކޯޗަކު ހޯދަން. ފަހަރުގައި އެއީ މި އަހަރު ނޫނީ އަންނަ އަހަރު އަހަރެންގެ ކޮންޓްރެކްޓް ނިމުމުން ކަމަށް ވެސް ވެދާނެ. އެކަމަކު އަހަރެންނަށް މި ކުލަބުން ފުރުސަތު ލިބިއްޖެނަމަ އަހަރެން އުފާކުރާނަން. ފަހަރުގައި ކޯޗަކު ހޯދަފާނެ މާދަމާ ވެސް، 10 ދުވަސް ފަހުން ވެސް ނޫނީ އެއް އަހަރު ފަހުން ވެސް،” އަންޗެލޯޓީ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
