
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދާ 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއިި އިންޑިއާގެ އެގްޒިމް ބޭންކުގެ އެލްއޯސީގެ ދަށުން ކުރިއަށް ގެންދާ ފެލިވަރު ކޯލްޑް ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫއު މިއަހަރުތެރޭ ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކުރިއަށް ގެންދާ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މިއީ ބޮޑު ދެ މަޝްރޫއު ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް މިއަހަރުތެރޭ އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.
“ބައެއް މަޝްރޫއުތަކަށް ބަލާއިރު ތިނަދޫގައި ފަށާފައި ހުރި ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓު މިއަހަރުތެރޭގައި ނިންމާނަން. އެއީ ވަރަށް ބޮޑު މަޝްރޫއެއް. އަދި ހަމައެއާއެކީގައި ފެލިވަރުގައި އެބަހިނގާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓު އެއީ އިންޑިއާ ލޯނުގެ ދަށުން ހިންގާ ޕްރޮޖެކްޓެއް. އެ މަޝްރޫއުވެސް މިހާރު އެދަނީ ވަރަށް ބާރު ސްޕީޑުގައި، އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް މިއަހަރުތެރޭ، މި ބަލަނީ މެދުތެރެއަށް ނިންމާލެވޭތޯ.”، ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ފައްޓަވާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، އަމަލީ ގޮތުން އޭގެ ފައިދާ ކުރަން ފަށާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ގދ.ފިޔޯރީގައި 3،000 ޓަނުގެ މަޝްރޫއެއް ފަށާފައިވާއިރު، ފ.ނިލަންދޫގައި 1،500 ޓަނުގެ މަޝްރޫއެއް ފަށާފައިވަނީ ޕްރޮސެސިންއާ އެކީގައެވެ.
އޭގެ އިތުރުން
- މުލަކުގައި 500 ޓަނުގެ މަޝްރޫއު
- ކޫއްޑޫގައި 4،000 ޓަނުގެ މަޝްރޫއު
- އިހަވަންދޫގައި 2،000 ޓަނުގެ ޕްރޮސެސިން ޕްލާންޓް އަދި ކޯލްޑް ސްޓޯރޭޖު ހިމެނޭ މަޝްރޫއެއްގެ ބިންގާ އެޅިފައި

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީގެއިތުރުންވެސް ރާއްޖޭގެ ގިނަ ރަށްތަކުގައި ކޯލްޑްސްޓޯރޭޖުގެ މަޝްރޫއުތައް މިހާރު ފެށިގެން ކުރިއަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. “މި ހުރިހާ މަޝްރޫއުތަކެއްވެސް އަޅުގަނޑުގެ ރިޔާސީ ބަޔާނުގައި ވާނެ ބަޔާންކޮށްފައި ހުރިހާ މަޝްރޫއުތައް ކުރިޔަށްދާނެ ގޮތް. އެ އިއުލާންކުރި ގޮތަށް އެ މަޝްރޫއުތައް ކުރިޔަށްދާނެ.” ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ހުޅުމާލޭގައި ފެސިލިޓީއެއް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި ފެސިލިޓީ އެޅުމަށް ބޭނުންވާ 25،000 އަކަފޫޓުގެ ބިންވެސް ހަމަޖައްސާފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
