
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފިޝަރީޒް މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ދިއުމަށް 45 ފަރާތަކަށް ސަރުކާރުން ފުލް ސްކޮލާޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއިން ފުރިހަމަ ނަފާ ނެގިއްޖެނަމަ، ޓޫރިޒަމަށްވުރެ ތިންގުނައަށް ވެސް ޖީޑީޕީ އަށް އެ ދާއިރާއިން ކޮންޓްރިބިއުޓް ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިރާދަކުރެއްވީތީ ވަރަށްބޮޑު ކަމަށާއި އީއީޒެޑް ވަރަށްބޮޑުކަން ފަހަގަކުރައްވަމުން ރައިސް ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތަށް އީއީޒެޑްގެ ތެރެއިން އިގްތިސޯދީ ނަފައެއް އަދި ނުހޯދޭ ކަމަށާއި ޓެޕެއް ނުކުރެވޭ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“އަޅުގަނޑުމެން ކުރަނީ ވަރަށް ދެމެހެއްޓެނިވި މަސްވެރިކަމެއް. ހަމަ ކޮންމެ މަހެއް ވަކިން ހަމަ މި ބާނަނީ. އެއްގޮތަކަށްވެސް އަޅުގަނޑުމެންނެއް ބޭރު ގައުމުތަކުގައި ހަދާހެން ދާއަޅައިގެން ކަހައެއް ނުލަން. އެހެންވީމާ، މުޅި ދުނިޔެ ގަބޫލުކުރޭ އަޅުގަނޑުމެންގެ މަސްވެރިކަން. އެހެންވީމާ، އެ މަސްވެރިކަން އަޅުގަނޑުމެންނަށް ފުޅާކުރެވެން އެބައޮތް، މުޅި ކަނޑުގެ ސަރަޙައްދަށްވެސް. އެހެންވީމާ، އަދި އޭގެއިތުރަށްވެސް، އެހާދުރަށް ނުދިޔަސް ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެތައް ކަމެއް އެބަހުރި. މަސްވެރިކަމާއި އަދި ކަނޑުގެ އެހެނިހެން މުއްސަނދިކަން އަޅުގަނޑުމެންނަށް ބޭނުންހިފޭނެ ކަންތައްތައް އެބަހުރި ކުރަން.”، ރައީސް ވިދާޅުވިއެވެ.
އެކިއެކި ދިމަދިމާއަށް މިހާރު އިންވެސްޓްމަންޓް ހޯދުމުގެ ކަންކަމާއި، މެރިކަލްޗާއާއި، މި ހުރިހާ ދިމާއެއްގައި އިންވެސްޓް ކޮށްދޭނެ ބޭރު ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކަންތައްތަކަށް މަގުފަހިވަމުންދާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ގެންގުޅެނީ ކަނޑުގެ ރިސޯސަސްތައް، އޯޝަން ރިސޯސްތައް، ކަނޑުގެ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި އިގްތިސޯދީ ގޮތުން ފައިދާވާ ގޮތަށް ހެދުމުގެ ސިޔާސަތު ކަމަށް ވިދާޅުވިއެވެ.
” އަޅުގަނޑުމެން ވާނީ ޔުނިވާސިޓީގައި، ނޭޝަނަލް ގައުމީ ޔުނިވަރސިޓީގައި މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ނަމުގައި ކޮލެޖެއް އުފައްދާފައި އިނގޭތޯ. އެ ކޮލެޖުން ބެޗްލާޒް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލާޝިޕް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ދެމުން ދާނަން. މިހާރު އެކަމަށް ހުރިހާ ތައްޔާރީތަކެއް ވެވިފައި އެވަނީ. ދެން އަޅުގަނޑުމެން މި އަންދާޒާ ކުރަނީ 45 ކުއްޖަކަށް، އަޅުގަނޑުމެންގެ ބަޖެޓް މިހާރު ހަމަޖައްސައިދެވިފައި އޮތްގޮތުން 45 ކުއްޖަކަށް ސްކޮލާޝިޕް ހަމަޖެއްސޭނެ ކަމަށް. ދެންވެސް ހަމަ އިތުރު ކުދިކުދި ކޯސްތައްވެސް އެބަ ހިންގަން އިނގޭތޯ.” ރައީސް ވިދާޅުވިއެވެ.
އެ ކޮލެޖް މިއީ އެ ދާއިރާއަށް މީހުން ބިނާކުރުމަށްޓަކައި ކުރެވިގެންދިޔަ ވަރަށްބޮޑު ކަމެއް ކަމަށާއި އޭގެއިތުރަށްވެސް ހަމަ އެކިއެކި ދާއިރާތަކުން، މަސްވެރިކަމާ ގުޅިފައި ހުރި އެކި ދާއިރާތަކުން ކޯސްތައް، ސްކޮލާޝިޕްތައް ހޯދައިދިނުމުގެ ކަންތަކަށް ސަރުކާރުން ހަޔާ އެޑިޔުކޭޝަންގެ ތެރެއިން މަގުފަހިކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
