
(ފޮޓޯ ކްރެޑިޓްސް: ފަތުރުވެރިކަމާއި ބެހޭ ވުޒާރާ)
އ.ދގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ކޮމިޝަންގެ ޗެއަރކަމަށް ދެ އަހަރު ދުވަހުގެ ދައުރަކަށް ރާއްޖެ އައްޔަންކޮށްފިއެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމްޢިއްޔާގެ އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދާއި، ދެކުނު އޭޝިއާ ސަރަހައްދުގެގެ 37 ވަނަ ޖޮއިންޓް މީޓިންގް އަދި 60 ވަނަ ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ 2025-2027 ޗެއަރކަމަށް ރާއްޖެވަނީ އައްޔަނުކޮށްފައެވެ. އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އަންގާރަ ދުވަހު ދުވަހު ފެށި މި ބައްދަލުވުންތަކުގެ ތެރެއިން، 37 ވަނަ ޖޮއިންޓް މީޓިންގެ ކޯ-ޗެއަރ ކަމާއި 60 ވަނަ ސީއެސްއޭ ބައްދަލުވުމުގެ ޗެއަރކަން ރާއްޖެއިން ވަނީ ކޮށްފައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަމުންދާ އަވަސް ބަދަލުތަކަށް ރިއާޔަތްކޮށް، ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިސްކަން ސްޓޭޓް މިނިސްޓަރ ނިޔާޒު ފާހަގަކުރެއްވިއެވެ.
އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ތަރައްގީކޮށް، މި ސިނާޢަތުގެ ފައިދާ ރަށުގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ފޯރުކޮށްދީ، ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާއި ތަރިކަ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ސްޓޭޓް މިނިސްޓަރ ޑރ. ނިޔާޒު ވަނީ އަލިއަޅުވާލައްވާފައެވެ. މިދިޔަ އަހަރު 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ދެކުނު އޭޝިއާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ރަނގަޅު ކުރިއެރުން ލިބިފައިވާ އެއް ގައުމަކީ ދިވެހިރާއްޖެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި އަހަރު 2.3 މިލިއަން ފަތުރުވެރިންނަށް މަރުޙަބާކިޔުމަކީ ދިވެހިރާއްޖޭގެ އަމާޒުކަމުގައި ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
