
(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
ސްޕޯޓްސް ފިޝިންގް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގްލޯބަލް އެމްބެސެޑަރަކަށް ފްލައި ނަވާރޯ ހަމަޖައްސައިފިއެވެ. މިއީ ބައިނަލްއަޤްވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާޙައުލަށް ހުރި ޝައުޤުވެރިކަން އިތުރުކޮށް ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ކުރާ މަސައްކަތެއްކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. ސްޕޯޓް ފިޝިންގގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ފްލައި ޒޯން ފިޝިންގގެ ބާނީ ފްލައި ނަވާރޯއަކީ 6 ކޮންޓިނެންޓަކަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެފައިވާ އެންގަލަރެކެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސި ނަވޯރާ ބުނިގޮތުގައި ބައިނަލްއަޤްވާމީ ފެނުވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔެއިންވެސް އެންމެ ހިތްގައިމު އެއް މާހައުލުކަމަށް އޭނާ ބުންޏެވެ. މިއީ މަސްވެރިކަމަށް ބަލާއިރު އެހެން މަންޒިލަކަށް މިއާ ވާދަ ނުކުރެވޭނެ ފަދަ ކަނޑުގެ މާހައުލެއްކަމަށާއި، މިމާހައުލު ދުނިޔެއަށް ދައްކައިދިނުމަށް އެހީތެރިވެދިނުމަކީ ލިބޭ އުފަލެއްކަމަށްވެސް ފްލައި ނަވާރޯ ވަނީ ބުނެފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރސީ)
މި އެމްބެސެޓަރޝިޕްގެ ދަށުން ފުރަތަމަ ހަރަކާތެއްގޮތުން އެމްއެމްޕީއާރުސީއިން ބާއްވާ ބުރުނުބޮމަ ގްލޯބަލް ފިޝިންގް މުބާރާތުގައި ނަވާރޯ ބަައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. ބުރުނުބޯމަ ސްޕޯޓްސް ފިޝިން މުބާރާތަކީ މަސްވެރިކަމަށް ޝައުގުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ރާއްޖޭގެ ކުޅިވަރު މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން ޝައުގުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ޚާއްސަ މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންގަލަރުން ބައިވެރިވެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމް ފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ވާދަވެރި މަސްވެރިކަމެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ފްލައި ނަވާރޯގެ ތަޖުރިބާއާއި މަޤުބޫލުކަން މެދުވެރިކޮށް ރާއްޖެ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ހެދުމަށް އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އޮފިޝަލް ޓްރެވެލް ޑެސްޓިނޭޝަން ޕާރޓްނަރަކަށް އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބްކަމުގައިވާ ލިވަޕޫލް އެފްސީއާއި އިންޑިއާގެ ކްރިކެޓް ޓީމް މުމްބާއީ އިންޑިއަންސް ވަނީ ހަމަޖައްސަވާފައެވެ. އަދި ސޯޝަލް މީޑިއާގެ އިންފްލުއެންސަރސް މެދުވެރިކޮށް ރާއްޖެއަކީ ލަގްޒަރީ ބޭރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
