
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނަށް ޔުރޭނިއަމް މުއްސަނދި ކުރުމަށް ލިބިގެންވާ ހައްޤަކީ އެކަމާމެދު މަޝްވަރާ ކުރުމުގެ ފުރުޞަތު އޮތް ކަމެއް ނޫން ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައި ވަނީ އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއެކު ކުރަމުންދާ ނުސީދާ މަޝްވަރާތަކުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި މޭރުމުން ޢަރާޤްޗީ ވާހަކަ ދައްކަވާފައި ވަނީ އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ބޭނުންވާ ނަމަ އެ ޤައުމުން ނިއުކްލިޔަރ މުއްސަނދިކުރުން ހުއްޓާަލައި މިހާތަނަށް މުއްސަނދި ކޮށްފައިވާ ބައި ނައްތާލަން ޖެހޭނެ ކަމަށް އެމެރިކާގެ މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވުމާ ގުޅިގެންނެވެ.
ޢަރާޤްޗީ ވިދާޅުވީ ވިޓްކޮފްގެ ފަރާތުން ފުށުއަރާ ބަޔާންތައް އިވިވަޑައިގެންފައިވާ ކަމަށާއި މައްސަލައާ ގުޅޭގޮތުން އެމެރިކާއިން ހަޤީޤަތުގައި ދެކޭ ގޮތް ސާފުވެގެން ދާނީ މަޝްވަރާގެ މޭޒުގެ ދޮށުން ކަމަށެެވެ. އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމާ ގުޅޭގޮތުން އޮތް ކަންބޮޑުުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށް ފާހަގަ ކުރައްވާ ޢަރާޤްޗީ ވިދާޅުވީ ކަން އެހެން އޮތް ނަމަ ވެސް ޔުރޭނިއަމް މުއްސަނދި ކުރުމަށް އެ ޤައުމަށް ލިބިފައިވާ ހައްޤާމެދު ސުވާލު ނުއުފެއްދޭނެ ކަމަށެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ އީރާނާއެކު އިސްތިރާޖީ ބައިވެރިވުމުގެ މުއާހަދާއެއްގައި ސޮއި ކޮށްފައެވެ. ރަޝިޔާއިން ޤަބޫލު ކުރާ ގޮތުގައި ޞުލްޙަވެރި ނިއުލްލިޔަަރ މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމުގެ ހައްޤު އީރާނަށް ލިބިގެންވެއެވެ. އެ ޤައުމާ ދެކޮޅަށް އެއްވެސް އަސްކަރީ ބާރެއް ބޭނުން ކުރުމަކީ ޤާނޫނާ ޚިލާފު ކަމަކަށް ވާނެ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ރަޝިޔާއިން ވަނީ ބުނެފައެވެ. މަސްދަރުތަކުން ބުނީ އީރާނުން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމް ރަޝިޔާ ފަދަ އެހެން ޤައުމަކާ ޙަވާލު ކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުމަށް އީރާނުން ދެކޮޅު ހަދާނެ ކަމަށް ބެލެވޭ ކަމަށެވެ. އީރާނުގެ ޔުރޭނިއަމް އިތުރު ޤައުމަކާ ޙަވާލު ކުރުމަށް އެ ޤައުމުން އެއްބަސްވާ ޙާލަތެއްގައި އެ ތަކެއްޗާ ރަޝިޔާއިން ޙަވާލުވެދާނެތޯ ސުވާލު ކުރުމުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވީ އެ ސުވާލަށް ޖަވާބެއް ނުދެއްވާ ދޫކޮށްލައްވަން ބޭނުންވާ ކަމަށެވެ.
އޭޕްރިލް މަހުގެ 17ވަނަ ދުވަހު ޢަރާޤްޗީ ރަޝިޔާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އީރާނުގެ ރޫޙީ އިސްވެރިޔާ ޢަލީ ޚާމަނާއީގެ މެސެޖެއްް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕޫޓިންނަށް އަރުވާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ. ބައިނަލްއަޤްވާމީ ދުނިޔޭގައި މުހިންމު ކަންކަން ހިނގަމުންދާ ދަނޑިވަޅެއްގައި ރަޝިޔާއާއި އީރާނާ މެދު ގާތް ގުޅުމެއް ބަދަހި ކުރަމުން ދިޔުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހަމަޖެހުމާއި ޞުލްޙައާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށް އީރާނުން ރަޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކާސިމް ޖަލާލީ ވަނީ ވިދާޅުވެފައެވެ.
2015އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ވިލާތުގެ ބައިވެރިން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް އެ ޤައުމާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ މަޤާމާ ޓްރަމްޕް ފުރަތަމަ ޙަވާލުވެވަޑައިގެންނެވި ދައުރުގައި އޭނާ ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށް އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތްވަރު ދިނުމާ އެކުގައެވެ. އޭގެ ފަހުން އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައެވެ. އެ ގޮތުން އީރާނުން ޔޫރޭނިއަމް ސާފު ކުރާ މިންވަރު ވަނީ 60 އިންސައްތައަށް އިތުރު ކޮށްފައެވެ. ހަތިޔާރު ގުރޭޑަށް ވާޞިލްވުމަށް ޔުރޭނިއަމް ސާފު ކުރަން ޖެހެނީ 90 އިންސައްތައަށެވެ. އީރާނުން ބުނަމުުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ސުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.
ހުސްވި ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް ވަނީ އީރާނާއެކު އައު ނިއުކްލިޔަރ އެއްބަސްވުމެއް އަނެއްކާ ވެސް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ ދެކޮޅަށް ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ނިމުނު ސަރުކާރުން ލުއި ދީފައި ވަނިކޮށް, އަލުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އެ ފިޔަވަޅުތައް އިޢާދަ ކުރައްވާފައި ވެސް ވަނިކޮށެވެ. އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އެ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ. މިދިޔަ ހޯމަ ދުވަހު ޓްރަމްޕް ވަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމާ ފުދޭވަރަކަށް ގާތްވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
