
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގައި ޤާއިމުވެ ތިބި ސިފައިންގެ އަދަދު މަދުކޮށް، އެމެރިކާގެ އަސްކަރީ ހަރަކާތްތައް މަދުކުރުމަށް ވިސްނަމުންދާ ކަމަށް އެމެރިކާގެ އިސް ދެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ސޫރިޔާގައި ޤާއިމުކޮށްފައިވާ އަސްކަރީ އެކި މަރުކަޒުތަކުގައި ގާތްގަނޑަކަށް 2،000 އެމެރިކާ ސިފައިން ތިބި ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ސޫރިޔާގައި އެމެރިކާ ސިފައިން ހަރަކާތްތެރި ވަނީ ސީރިޔަން ޑިމޮކްރެޓިކް ފޯރަސް (އެސް.ޑީ.އެފް)އަށް އެހީތެރިވުމަށެވެ. އެއީ ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ ޖަމާޢަތެކެވެ. ސޫރިޔާއާއި އިރާޤުގެ ސަރަޙައްދުތަކަށް އަތްގަދަ އައިއެސް ޖަމާޢަތް ބަލި ކުރުމަށް 2019ވަނަ އަހަރާ ޖެހެންދެން ކުރި ހަނގުރާމައިގައި އެމެރިކާއިން އިސް ދައުރެއް އަދާ ކުރިއެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ‘ރޮއިޓަރސް’ ނޫހަށް ވިދާޅުވި ގޮތުގައި، ސޫރިޔާގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވުން ކުޑަކުރުމުގެ ތެރެއިން، ޤާއިމުވެ ތިބި ސިފައިންގެ އަދަދު 1،000 އަށް މަދުކުރުމުގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް، އެހެން އޮފިޝަލަކު އެ ނޫހަށް ވިދާޅުވީ އީރާނާ އެކު ނުތަނަސްކަން އޮތް މި ދަނޑުވަޅުގައި އެ ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތެރިކަން ކުޑަކުރަން ބޭނުންނުވާތީ، ސިފައިންގެ އަދަދު މަދުކުރާނެ ސީދާ ވަކި މިންވަރެއް ނިންމާފައިނުވާ ކަމަށެވެ.
އެމެރިކާއިން ވާގިވެރިވެގެން، އެސްޑީއެފުން މިހާރު ވަނީ ސޫރިޔާގެ އިންތިޤާލީ ސަރުކާރާ އެކު އެއްބަސްވުމެއް އެކުލަވައިލައިފިއެވެ. މިގޮތުން، އެސްޑީއެފުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައި ސޫރިޔާގެ އިންތިޤާލީ ރައީސް އަޙްމަދު އަލް-ޝަރާޢުގެ އަސްކަރިއްޔާއާ ގުޅުމަށް މިހާރު ވަނީ އެއްބަސްވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
