
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްތީނުގެ ޣައްޒާގައި، ސަލަމާތީ ކަންކަން ބެލެހެއްޓުމުގެ ނަމުގައި ޔަހޫދީން ޙިޞާރުކޮށްފައިވާ ސަރަޙައްދުތަކުގައި ޔަހޫދީން ބިރުބަވެރި ފައުޖުތައް ދެމިތިބޭނެ ކަމަށް، ޔަހޫދީންގެ ހަރުކަށި ދަޢުލަތުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކަޓްސް ބުނެފިއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ދޭ ޢުދުވާނުތައް މިދިޔަ މަހުގެ 18 ވަނަ ދުވަހު އަލުން ފެށިފަހުން، ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙް، އެ ސަހަރުގެ އެހެން ސަރަޙައްދުތަކާ ވަކިކޮށްފިއެވެ. ޔަހޫދީ ފައުޖުން ވަނީ ރަފަޙާއި ޣައްޒާގެ އެހެން ރަށްތަކާ ގުޅޭ ރޮނގު އެ މީހުުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި، ސިފައިންނާއި ބަރު ހަތިޔާރު ބޭނުން ކޮށްގެން ހުރަހެއް ބިނާ ކޮށްފައެވެ. މިއީ، ޣައްޒާގެ ދެކުނުގައި އޮތް ސަރަޙައްދުތަކަށް ވެރިވެގަތުމަށް ޔަހޫދީ ސިފައިން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ހިންގާފައިވާ ޖަރީމާއެކެވެ.
ކަޓްސް ބުނީ، މީގެކުރިން ޢަމަލުކޮށްފައިވާ ގޮތާ ޚިލާފަށް، ޣައްޒާގެ ސަރަޙައްދުތައް ނިރުބަވެރި ފައުޖުގެ ބާރު ދަށަށް ގެނައުމަށްފަހު ވެސް، އެ ތަންތަނުން ނުފައިބައި، ސަލާމަތީ ކަންކަން ބަލަހައްޓަން ތިބޭނެ ކަމަށެވެ. މިއީ ލުބްނާނާއި ސޫރިޔާގެ ސަރަޙައްދުތަކަށް ވެރިވަގުތަމަށްފަހު ވެސް، ޔަހޫދީން ޢަމަލުކޮށްފައިވާ ގޮތެވެ. ޙަމާސް ޖަމާޢަތުގެ އިސް ވެރިން ނައްތާލުމުގެ ނަމުގައި ޔަހޫދީންގެ ފައުޖުން ހިންގަމުންދާ ލާއިންސާނީ އޮޕަރޭޝަންގައި 400،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު މިހާރުވެސް ގެއްލިފައިވާ ކަމަށް އދ.އިން ވަނީ ބުނެފައެވެ. އަދި ހުއްޓުމެއްނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީންގެ ފައުޖުން ދެމުންދާ ރަހުމްކުޑަ ޙަމަލާތަކުގައި މިހާތަނަށް 1،630 މީހުން ޝަހީދުވެފައިވާކަމަށް ވެސް އދ.އިން ބުނެފައިވެއެވެ.
ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން އަލުން އިޢާދަ ކުރުމާ ގުޅޭ ގޮތުންމިޞްރު ގައި އެންމެ ފަހުން ބޭއްވި މަޝްވަރާތައް ނިންމާލާފައި ވަނީ ކޮޅެއްގައި ނުޖެހިއެވެ. ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހު ޔަހޫދީން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އޮކްޓޯބަރު 7ން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ 50،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފައެވެ.
ޖަނަވަރީ މަހުގެ ތެރޭގައި ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްޠީނުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ހުރި އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުންގެ ބަދަލުގައި ޙަމާސުން ވަނީ ޔަހޫދީންނަށް ނިޞްބަތްވާ 33 އަސީރުން މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 59 އަސީރުން ތިބި ކަމަށް ޔަހޫދީން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
