
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ދިން ޙަމަލާތަކަކާ ގުޅިގެން، ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ހުރި އަސީރެއް ބެލެހެއްޓުމުގެ ޒިންމާތައް މަތިކޮށްފައިވާ މުޖާހިދުންނާ ގުޅުން ކެނޑިފައިވާ ކަން އެ ޖަމާޢަތުން ހާމަކޮށްފިއެވެ. ޙަމާސުންގެ ހަތިޔާރު އެޅި ގޮފި، އަލް-ޤައްސާމް ލަޝްކަރުން ބުނީ، ގުޅުން ކެނޑިފައި ވަނީ އެމެރިކާ އަދި އިސްރާއީލުގެ ރައްޔިތެއް ކަމުގައިވާ އެޑެން އެލެގްޒާންޑަރ ބަލަހައްޓަމުން ދިޔަ މުޖާހިދުންގެ ގުރޫޕާ ކަމުގައެވެ. އަލް-ޤައްސާމް ލަޝްކަރުގެ ތަރުޖަމާނު އަބޫ ޢުބަޔިދާ ވިދާޅުވީ އެލެންގްޒާންޑަރ ގަސްދުގައި މަރައިލުމަށް ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. “ހީވާ ގޮތުގައި އިސްތިޢުމާރީ އަސްކަރިއްޔާއިން ދަނީ އޭނާ [އެލެގްޒާންޑަރ] މަރައިލުމަށް ގަސްދުގައި ޙަމަލާތައް ދެމުން، އެއިރުން ދެ ޤައުމެއްގެ ޕާސްޕޯޓު އޮތް [އެލެގްޒާންޑަރ] ސަލާމަތް ކުރުމަށް އޮތް ޕްރެޝަރުން އެ މީހުން [ޔަހޫދީން] ސަލާމަތް ވާނެ،” އަބޫ ޢުބަޔިދާ ވިދާޅުވިއެވެ.
އޭޕްރިލް 12ވަނަ ދުވަހު ޙަމާސުން ވަނީ އެލެގްޒާންޑަރ ފެންނަ ވީޑިޔޯއެއް ޢާންމު ކޮށްފައެވެ. އޭނާއަކީ، ޔަހޫދީ ފައުޖުގައި ޚިދުމަތްކުރާ 21 އަހަރުގެ މީހެކެވެ. ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތައް ޤަބޫލު ކުރުން ހުއްޓައިލުމަށް އެ ވީޑިޔޯގައި އޭނާ ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވައިލާފައެވެ. އެލެގްޒާންޑަރ ހައްޔަރުކޮށް ބަހައްޓާފައި ހުރީ ކޮން ތަނެއްގައި ކަން އަބޫ ޢުބަޔިދާ ސާފުކޮށްދެއްވާފައެއް ނުވެއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެލެގްޒާންޑަރ މިނިވަން ކުރުމަކީ އެމެރިކާގެ އަމާޒެއް ކަމުގައެވެ. ޓްރަމްޕްގެ އިސް މަންދޫބު ސްޓީވް ވިޓްކޮފް ވަނީ މި ކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ޙަމާސްގެ ބެލުމުގައި ދަށުގައި މި ވަގުތު ހުރި އެމެރިކާގެ ހަމައެކަނި ރައްޔިތަކީ އެލެގްޒާންޑަރ ކަމުގައެވެ. އަދި، އޭނާ މިނިވަން ކުރުވުމަކީ އެމެރިކާ ސަރުކާރުން އިސްކަންދޭ އަމާޒެއް ކަމުގައެވެ.
އެލެގްޒާންޑަރ މިނިވަން ކުރުވުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުން
އެލެގްޒާންޑަރ މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ޒަޔަނިސްޓު ނަތަންޔާހޫގެ ސަރުކާރަށް ބާރު އަޅަމުންދާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ކަން ކުރެވެން އޮތް ހަމައެކަނި މަގަކީ ޙަމާސާ އެކު އެއްބަސްވުމެއް އެކުލަވައިލުން ކަމުގައި ޓްރަމްޕްގެ ސަރުކާރުން ޤަބޫލު ކުރާ ކަމަށް ބެލެވޭ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މީގެ ކުރިން ވެސް ގިނަ އަދަދެއްގެ އަސީރުންތަކެއް މަރައިލާފައިވާ ކަން ޙަމާސުން ވަނީ ހާމަކޮށްފައެވެ. އަދި، އޭގެ ތެރެއިން ބައެއް މީހުންގެ ހަށިތައް ޙަމާސުން ވަނީ ޔަހޫދީންނާ ޙަވާލު ކޮށްފައެވެ.
ޙަމާސާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ބާރުއަޅަމުން ދިޔަ ނަމަވެސް، ނަތަންޔާހޫ ވަނީ ޣައްޒާ ޤަތުލުޢާންމު ފުޅާ ކުރުމަށް ޔަހޫދީ ފައުޖަށް އަމުރު ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި އަސީރުން މިނިވަން ކުރެވޭނީ ޣައްޒާގެ ވީހާވެސް ގިނަ ޢާންމުން ޝަހީދު ކޮށްލައިގެން ކަމަށް އޭނާ ޤަބޫލު ކުރެއެވެ. ޣައްޒާގެ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ގަތުލު ކުރަމުންދާ ޔަހޫދީ ސިފައިންނަށް އޭނާ ދަނީ ތާރީފު ކުރަމުންނެވެ. ޖަނަވަރީ 19ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސުން އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 38 މީހުން މިނިވަން ކޮށްފައެވެ. ނަމަވެސް، ޔަހޫދީން ވަނީ އެ އެއްބަސްވުމާ ޚިލާފުވެ، މާރިޗު 18ވަނަ ދުވަހު ޣައްޒާ ޢުދުވާންތައް އަލުން ފަށާފައެވެ. އެ ދުވަހަށް ފަހު ޣައްޒާއިން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 1,500އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
