
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެކުވެރި ދައުލަތްތައް (އދ)ގެ ސުލްޙަ ބަލަހައްޓާ ފައުޖަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަން ހާމަވެއްޖެއެވެ. މި ކަން ހާމަވެފައި ވަނީ ވައިޓް ހައުސްގެ ބަޖެޓު އޮފީހުން ތައްޔާރު ކޮށްފައިވާ ލިޔެކިޔުންތަކެއް ލީކުވުމާ އެކުގައެވެ. ލީކުވެފައިވާ ލިޔެކިޔުންތަކުގެ ތެރެއިން އެއް މެމޯގައި ބުނެފައި ވަނީ މާލީ، ލުބްނާން އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އދގެ ސުލްޙަ ބަލަހައްޓާ ފައުޖުން ހިންގަމުންދާ އޮޕަރޭޝަންތައް ފޭލުވެފައިވާ ކަމުގައެވެ. އދގެ ބަޖެޓަށް އެންމެ ބޮޑު ހޭދައެއް ކުރަނީ އެމެރިކާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތީ ޗައިނާއެވެ. އދގެ ޢާންމު ބަޖެޓު 3.7 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާއިރު، އޭގެ ތެރެއިން %22 ފޯރުކޮށްދެނީ އެމެެރިކާއިންނެވެ. އަދި، އޭގެ ތެރެއިން 5.6 ބިލިޔަން ޑޮލަރަކީ ސުލްޙަ ބަލަހައްޓާ ފައުޖަށް ކުރާ ހޭދައެވެ. އެ ފައުޖުގެ ބަޖެޓުގެ %27 ފޯރުކޮށްދެނީ އެމެރިކާއިންނެވެ.
ސުލްޙަ ބަލަހައްޓާ ފައުޖަށް ފޯރުކޮށްދެމުންދާ މާލީ އެހީ ކަނޑައިލުމަށް ހުށަހަޅާފައިވާ ކަން ވައިޓް ހައުސްގެ އޮފީސް އޮފް މެނޭޖްމެންޓް އެންޑް ބަޖެޓު (އޯއެމްބީ)ން ވަނީ އެ ޤައުމުގެ ޚާރިޖީ ވުޒާރަށް އަންގާފައެވެ. އެ ނިންމުމަށް އަމަލު ކުރަން ފަށާނީ އޮކްޓޫބަރު 1ވަނަ ދުވަހުން ފެށިގެން ކަމުގައި ލީކުކޮށްލާފައިވާ މެމޯގައި ބުނެފައިވެއެވެ. މި ކަމާ ގުޅޭ ގޮތުން ބަހެއް ވިދާޅުވުމަށް އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވަނީ އިންކާރު ކުރައްވާފައެވެ. އޯއެމްބީގެ އަމާޒަކީ ޚާރިޖީ ވުޒާރާއަށް ފޯރުކޮށްދޭ ބަޖެޓުން ދެބައިކުޅަ އެއްބައި މަދު ކުރުމެވެ. ނަމަވެސް، މި ނިންމުމަށް ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ރުހުން ބޭނުންވާނެއެވެ. އޯއެމްބީގެ ނިންމުން ބާޠިލު ކުރުމަށް، ނުވަތަ އެ އިދާރާގެ ހުށަހެޅުމަށް އުނިއިތުރު ގެނައުމަށް ކޮންގްރެސުން ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އޯއެމްބީގެ ހުށަހެޅުމަށް ޖަވާބު ދިނުމަށް ޚާރިޖީ ވުޒާރާއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ޓްރަމްޕް ވަނީ ޚާރިޖީ ވުޒާރާ އަދި ބޭރުގެ އެހީގެ ބަޖެޓުގެ ތިންބައިކުޅަ އެއްބައި ކުޑަ ކުރުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް، ކޮންގްރެސުން ވަނީ އެ ކަމަށް ހުރަސް އަޅާފައެވެ. “މިއީ އެންމެ ފަހުގެ ރޭވުމެއް ނޫން، އެންމެ ފަހުގެ ބަޖެޓެއް ނޫން،” ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޓެމީ ބްރަޔިސް ވިދާޅުވިއެވެ. އޯއެމްބީގެ ހުށަހެޅުމުގައި ބުނެފައި ވަނީ އދގެ ސުލްޙަ ބަލަހައްޓާ ފައުޖުން މި ވަގުތު ހިންގަމުންދާ ގިނަ އޮޕަރޭޝަންތަކުން އެދެވޭ ނަތީޖާއެއް ނެރެވެމުން ނުދާ ކަމުގައެވެ. މި ގޮތުން، 2013ވަނަ އަހަރުން ފެށިގެން މާލީގައި ހަރަކާތްތެރިވަމުންދާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (މިނުސްމާ)، 1978ވަނަ އަހަރުން ފެށިގެން ލުބްނާންގައި ހަރަކާތްތެރިވަމުންދާ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް) އަދި 2010ވަނަ އަހަރުން ފެށިގެން ކޮންގޯގައި ހަރަކާތްތެރިވަމުންދާ ފައުޖު (މޮނޫސްކޯ)ގެ އޮޕަރޭޝަންތަކަކީ ނާކާމިޔާބީއެއްގެ ގޮތުގައި އޯއެމްބީގެ މެމޯގައި ސިފަކޮށްފައިވެއެވެ.
އދގެ ސުލްޙަ ބަލަހައްޓާ ފައުޖުން މި ވަގުތު ނުވަ ޤައުމެއް އަދި ސަރަޙައްދެއްގައި ދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. ލުބްނާނާއި މާލީ އަދި ކޮންގޯގެ އިތުރުން އެ ލިސްޓުގައި ހިމެނެނީ ދެކުނު ސޫދާން، ހުޅަނގު ސަހާރާ، ސައިޕްރަސް، ކޮސޮވޯ، ސޫރިޔާ އަދި ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތައް އަދި ސޫދާނާއި ދެކުނު ސޫދާންގެ އަބްޔޭ ސަރަޙައްދު އޭގެ ތެރޭގައި ހިމެނެއެވެ. އދގެ ސުލްޙަ ބަލަހައްޓާ ފައުޖަށް ޚަރަދު ކުރުން ހުއްޓައިލުމަށް ފަހު، އެމެރިކާގެ މަސްލަޙަތު ކުރިއެރުވުމަށް އައު ފަންޑެއް އެކުލަވައިލުމަށް ވެސް އޯއެމްބީން ވަނީ ހުށަހަޅާފައެވެ. އެ ފަންޑަށް ދޭން ނިންމާފައިވާ ނަމަކީ އެމެރިކާ ފަސްޓް އޮޕޮޗިޔުނިޓީސް ފަންޑް (އޭ1އޯއެފެ)ވެ. އެ ފަންޑު ހުޅުވާނީ 2.1 ބިލިޔަން އެމެރިކާ ޑޮލަރާ އެކުގައި ކަމަށް އޯއެމްބީން ބުނެފައިވެއެވެ. އަދި، އެ ފަންޑުން ޚަރަދު ކުރާނީ ބޭރު ޤައުމުތަކުގައި އެމެރިކާއަށް ފައިދާކުރަނިވި އިޤުތިޞާދީ އަދި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ކަމުގައި ވެސް އޯއެމްބީގެ މެމޯގައި ބުނެފައިވެއެވެ.
އދގެ ބަޖެޓަށް އެމެރިކާއިން ފޯރުކޮށްދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ މި ވަގުތު އޮތީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި އދގެ ޢާންމު ބަޖެޓަށް ފޯރުކޮށްދޭން ޖެހޭ 1.5 ބިލިޔަން ޑޮލަރާއި، ސުލްޙަ ބަލަހައްޓާ ފައުޖު ހިންގުމަށް ފޯރުކޮށްދޭން ޖެހޭ 1.2 ބިލިޔަން ޑޮލަރު ހިމެނެއެވެ. އެ ފައިސާ ނުދައްކައި ދެ އަހަރު ފާއިތުވެއްޖެ ނަމަ، އދގެ ޢާންމު މަޖިލީހުގައި ނަގާ އެއްވެސް ވޯޓެއްގައި ބައިވެރިވުމުގެ ފުރުޞަތު އެމެރިކާއަށް ގެއްލޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
