
ޗެމްޕިއަންސް ލީގު ފުޓްބޯޅަ ފުޓްބޯޅަ މުބާރާތުގައި އަންގާރަ ދުވަހުގެ ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް އަތުން ބާސެލޯނާ ބަލިވި މެޗު ފެށުނީއްސުރެ ނިމެންދެން ޑޯޓްމުންޑްގެ ސަޕޯޓަރުން ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އަށް މަލާލާތްކޮށްފި އެވެ. ނަމަވެސް 3-1އިން ބާސެލޯނާ ބަލިވި ނަމަވެސް ދެ މެޗުގެ އެގްރީގޭޓުން 5-3އިން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ބާސެލޯނާ އެވެ. ޕޮލެންޑްގެ ފޯވަޑް ލެވޮންޑޯސްކީ އަކީ ޑޯޓްމުންޑްގެ ކުރީގެ ކުޅުންތެރިއެކެވެ. 2010 އިން 2014 އަށް އޭނާ ވަނީ ޑޯޓްމުންޑަށް ކުޅެ 131 މެޗުން 74 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް ސަޕޯޓަރުން އޭނާ ދެކެ ދާއިމީ ރުޅިވެރިކަމެއް އޮންނަން ފެށީ ޑޯޓްމުންޑް ދޫކޮށް ވާދަވެރި ބަޔާން މިއުނިކެއް ކުޅެން ފެށުމުންނެވެ.
ރޭގެ މެޗުގައި ސަޕޯޓަރުން މަލާމާތްކޮށް ހެދި ނަމަވެސް ލެވޮންޑޯސްކީ އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ. އޭނާ ބުނީ ވާހަކަ ދައްކަން ބޭނުންވަނީ ބާސެލޯނާގެ ނަތީޖާއަށް ކަމަށެވެ. މި ގޮތުން ރޭގެ މެޗުން ބަލިވުމަކީ ސީޒަނުގެ ކުރިއަށްހުރި މެޗުތަކަށް ބާސެލޯނާ ހޭލައްވާލި ރަނގަބީލެއް ކަމަށް ވެސް އޭނާ ބުންޏެވެ. “އަހަރުމެން ރޭގެ މެޗުގައި ކުޅުނީ ވަރަށް ގޯސްކޮށް. މި ގޮތަށް ދެން ކުރިއަށްހުރި މެޗުތަކުގައި ނުކުޅެވޭނެ. އަހަރުމެންގެ ކުޅުން ރަނގަޅު ކުރަންޖެހޭ. ހަގީގަތުގައި ވެސް މިއީ އަހަރުމެން ކުރިއަށްހުރި މެޗުތަކަށް ހޭ ލައްވާލި ރަނގަބީލެއް،” ލެވޮންޑޯސްކީ ބުންޏެވެ.
ރޭގެ މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް އޭނާ އަކީ ބާސެލޯނާއިން މެޗުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މި ދެ ޓީމު މިދިޔަ ހަފުތާގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި ދެ ގޯލު ޖަހައިދީފަ އެވެ. މިއާއެކު އެއީ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު 29 މެޗުގައި އޭނާ އެ ޓީމު ކޮޅަށް ޖެހި ގޯލުގެ އަދަދު ވެސް ވަނީ 29 އަށް އަރައިފަ އެވެ. ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ބާސެލޯނާ ވާދަކުރަން ޖެހޭނީ ޖަރުމަނުގެ ބަޔާން މިއުނިކް ނުވަތަ އިޓަލީގެ އިންޓަމިލާނާ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
