
އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކީ ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރަކު ހިންގާ އެކައުންޓެއް ކަމަށް ރަޝިއާއިން ބުނެފިއެވެ. ރަޝިއާއިން ލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން ޖަރުކަ ވިދާޅުވެފައިވަނީ، އެކްސްގައި ހަސަން ކުރުސީ ނަމުގައި ހިންގާ އެކައުންޓަކީ ޔޫރަޕްގެ ގައުމެއްގައި ފިލައިގެން އުޅޭ ކުރީގެ ދިވެހި ސިޔާސީ އިސް ލީޑަރެއް ހިންގާ އެކައުންޓެއް ކަމަށެވެ.
ސަފީރު މިހެން ވިދާޅުވެފައިވަނީ ކުރުސީ އެކައުންޓުން ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ގުޅުން ހީނަރުކުރަން މަސައްކަތްކުރާކަން ފާހަގަކުރައްވަމުންނެވެ. އަދި އެ އެކައުންޓުން ދައްކާ ވާހަކަތަކުން ދެ ގައުމުގެ ގުޅުމަށް އަސަރު ކުރިޔަ ނުދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
⚡️Comment by Russian Ambassador to SL and Maldives Levan Dzhagaryan on @Hassankuruseee publication designed to damage 🇷🇺
🇲🇻 relations:We clearly know what a previously high-ranked politician (currently hiding in Europe) is behind this post.
In full: https://t.co/jS1dqglL9t pic.twitter.com/PUqSU0S3Jb
— Russian Embassy in Sri Lanka (@RusEmbSriLanka) April 16, 2025
ކުރުސީ އެކައުންޓުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ޗިޕުތަކެއް ރަޝިއާއަށް ގެންދިޔަކަމަށް ތުހުމަތުކޮށްފައެވެ. އެ ވާހަކަ އެ އެކައުންޓުން ދެއްކީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާ ސަފީރަށް އިޝާރާތްކޮށެވެ. ސަފީރު ޖަރުކަ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހީނަރުވެފައިވާ މާލީ ހާލަތު ރަނގަޅުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގިނަ ފިޔަވަޅުތަކެއް އަޅުއްވާ ކަމަށާއި ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ އެތައް ހާސް ފަތުރުވެރިންނަކީ އެ ކަމަށް ވަރަށް ބޮޑަށް އެހީވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ހަސަން ކުރުސީ އެކައުންޓު ވަނީ ވަރަށް ފުޅާކޮށް ހިންގާފައެވެ. އެގޮތުން ސަރުކާރުގެ އެންމެ އެތެރޭގެ ސިއްރު މައުލޫމާތު ހާމަކުރުމާއި ސަރުކާރަށް ފާޑުކިޔައި ގިިނަ ޕޯސްޓުތައް ޖަހަމުން ގެންދެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުރުސީ އެކައުންޓު ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވެސް ވަނި ތުހުމަތުކޮށްފައެވެ. ނަމަވެސް ނަޝީދު ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
ކުރުސީ އެކައުންޓު އުފެއްދީ އޮކްޓޯބަރު 2022 ގައެވެ. އެ އެކައުންޓުން އަންނަނީ ސަރުކާރާއި ސިޔާސީ އެކިއެކި ބޭފުޅުންނަށް ފާޑުކިޔައި، ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ. އެ އެކައުންޓުގެ މައްސަލަ ބޮޑުވެ، އޮގަސްޓް 2023 ގައި އެއީ ކާކުކަން ހޯދަން ފުލުހުން ކްރިމިނަލް ކޯޓު މެދުވެރިކޮށް އަމުރެއް ވެސް ނެރުނެވެ. އެކަމަކު، އަދިވެސް އެއީ ކާކުކަން ރަސްމީކޮށް ހޯދިފައެއް ނުވެއެވެ. މިހާރު 50،000 އަށްވުރެ ގިނަ މީހުން އެކްސްގައި ކުރުސީ ފޮލޯކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
