
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ކީރިތި ޤުރުޢާނުން އިރުޝާދު ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. އީގަލްސް ކޮމިއުނިޓީގެ ޤުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ އީގަލްސް ކޮމިއުނިޓީން މިފަދަ މުބާރާތެއް ބޭއްވުމަކީ އެޖަމްޢިއްޔާގެ އިޖްތިމާޢީ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސާޖިދާގެ ވާހަކަފުޅުގައިވަނީ ކީރިތި ޤުރުޢާނުގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބައްޓަން ކުރުމަށް ސަމާލުވުމަށް ގޮވާލައްވާފައެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެއިރުޝާދުތައް ހިމެނުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ. “ކުރުކޮށް ދަންނަވަންޏާ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އިރުޝާދު ލިބިގަންނަނީ ކީރިތި ޤުރުއާނުންކަމުގައި ހެދުން. މިފަދަ މުބާރާތްތަކުގެ ހަގީގީ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ އޭރުން. ޤައުމަށް ހެޔޮ ބަދަލުތައް އަންނާނީ އޭރުން. ދިވެހިންގެ މާދަމާ އަމާންކަމާއި އުޖާލާކަމަށް އަލިވިލޭނީ އޭރުން ” ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.
އީގަލްސް ކޮމިއުނިޓީ ޤުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައިވަނީ މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައެވެ. މިމުބާރާތުގެ މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މުޅި މުބާރާތުން އެއްވަނަ ހޯދީ މަރިޔަމް މިޝާ މުހައްމަދުއެވެ. ދެވަނަ ހޯދީ ޔޫޝަޢު ބިން މުހައްމަދު ތައުފީޤް ޢަލީއެވެ. އަދި ތިންވަނަ ހޯދީ ޢާއިޝް މުސްޠަފާއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އީގަލްސް ކޮމިއުނިޓީން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި 174 ކުދިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ އީގަލްސް ކޮމިއުނިޓީ އެ ސަރަހައްދަކަށް ނިސްބަތްވާ މާފަންނުގެ ތާޖުއްދީން ސްކޫލުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ. އީގަލްސް ކޮމިއުނިޓީން ބުނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމާއި އަދި ޙާފިޒުންނަށް ޚާއްސަކޮށްގެން މިއަހަރަށްވުރެ ފުޅާދާއިރާއެއްގައި އިތުރު ޤުރުއާން މުބާރާތެއް ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް މަސައްކަތްކުރާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
