
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދައުލަތުގެ ސިއްރުތަކެއް ހާމަކުރުމުގެ ތުހުމަތު ކުރެވުމާ އެކު އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުގެ އިސް މުޝީރު، ޑޭން ކޮލްޑްވެލް މަޤާމުގެ މަސްޢޫލިއްޔަތުތަކުން ދުރުކޮށްފިއެވެ. ކޮލްޑްވެލަކީ އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ އިސް އޮފިޝަލެކެވެ. މަޤާމުގެ މަސްޢޫލިއްޔަތުތަކުން އޭނާ ދުރުކޮށް، ޕެންޓެގަނަށް އެތެރެވުމާއި، ޕެންޓެގަންގައި ހުރި މަޢުލޫމާތު ހޯދުމުގެ ހުއްދަތައް ކަނޑައިލާފައިވާ ކަން އެމެރިކާގެ މަޞްދަރުތަކުން ކަށަވަރު ކޮށްދެއެވެ. މަޤާމުގެ މަސްޢޫލިއްޔަތުތަކުން ކޮލްޑްވެލް ދުރުކޮށްފައިވީ ނަމަވެސް، މަޤާމުން ވަކިކޮށްފައެއް ނުވެއެވެ. އެމެރިކާ ސަރުކާރުގެ މަޞްދަރުތަކުން ބުނީ، ދައުލަތުގެ ސިއްރުތަކެއް ހާމަކުރުމުގެ ތުހުމަތު ކުރެވުމާ އެކު އޭނާ ސަސްޕެންޑު ކޮށްފައިވާ ކަމުގައެވެ. އަދި، މި މައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާ ކަމުގައެވެ. އޭނާ ހާމަކޮށްފައި ވަނީ ކޮން މަޢޫލޫމާތެއް ކަން، އަދި އެ މަޢުލޫމާތު ހިއްސާ ކޮށްފައި ވަނީ ކޮން ފަރާތަކާ ކަން ވެސް ސާފެއް ނޫނެވެ. ނަމަވެސް، އެއީ ޤައުމީ ސަލާމަތާ ގުޅުން ހުރި މަޢުލޫމާތުތަކެއް ކަމުގައި ބައެއް މީޑިޔާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
އެމެރިކާގެ ދައުލަތުގެ ސިއްރުތައް ހާމަ ކުރަމުންދާ މައްސަލަ ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި، އެ ކަން ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ކަމަށް ހެގްސެތުގެ އިތުރުން ޕެންޓެގަނުން ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެމުންދާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. ކޮލްޑްވެލަކީ އެމެރިކާގެ ދިފާޢީ ވުޒާރާ އަދި ޕެންޓެގަންގައި މަސައްކަތް ކުރާ އެހެން ބޭފުޅުންނާ އަޅައިބަލާއިރު، ގިނަ ބަޔަކު ދަންނަ ބޭފުޅެއް ނޫނެވެ. ނަމަވެސް، ހެގްސެތުގެ އިސް މުޝީރެއްގެ ގޮތުން އޭނާ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
ޔަމަނަށް އެމެރިކާއިން ދާދިފަހުން ދިން ނިރުބަވެރި ޙަމަލާތަކެއްގެ މަޢުލޫމާތު ހިއްސާ ކުރުމަށް އެމެރިކާގެ ދިފާޢީ ދާއިރާގެ އިސްވެރިން ސިގްނަލް އެޕްލިކޭޝަންގައި ބޭނުން ކޮށްފައިވާ ގުރޫޕުގައި ހެގުސެތު ވަނީ ކޮލްޑްވެލްގެ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އޭނާއަކީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން ޕެންޓެގަންގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އެއް މުވައްޒަފުގެ ގޮތުގައި ހެގްސެތު ވަނީ ސިފަ ކުރައްވާފައެވެ. ނަމަވެސް، ކޮލްޑްވެލަކީ އެމެރިކާއިން ޢިރާޤަށް އަރައި ކުރި ހަނގުރާމައާ ދެކޮޅަށް އަޑު އުފުއްލަވާފައިވާ ބޭފުޅެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
