
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައި ވަނިކޮށް ޔަހޫދީން ލުބުނާނަށް ޙަމަލާ ދެމުންދާތީ ޢާންމުންގެ ރައްކާތެރިކަމާމެދު އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާއިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ. އދގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޝަނަރުގެ އިދާރާގެ ތަރުޖަމާނު، ތަމީމު އަލް-ޚީތަން ވިދާޅުވީ ޔަހޫދީން ލުބުނާނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ޢާންމުން ޝަހީދު ކުރަމުންދާ ކަމަށެވެ. ގިނަ ޢަދަދެއްގެ ޢާންމުންނަށް ޒަޚަމް ވެފައިވާއިރު، ޙަމަލާތަކުގައި އިމާރާތްތަކާއި ބިނާރަށް ގެއްލުން ލިބެމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެއާއެކު ލުބުނާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
2024ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރި ފަހުން ލުބުނާނުގެ 71 ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ހައި ކޮމިޝަނަރުގެ އިދާރާއިން ބުނެއެވެ. އޭގެ ތެރޭގައި 14 އަންހެނުންނާއި ނުވަ ކުޑަކުދިން ހިމެނެއެވެ. އަދި 92،000އަށްވުރެ ގިނަ މީހުން އަދި ވެސް ތިބީ ގެދޮރު ގެއްލިފައި ކަމަށް ވެސް ބުނެފައިވެއެވެ. ޚީތަން ވިދާޅުވީ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ޙަމަލާތައް ތަހުޤީޤު ކުރުމަށް ގޮވާލާފައިވާ ކަމަށެވެ. ޢާންމުން ޝަހީދުވެފައި ކޮންމެ އަސްކަރީ ޙަމަލާއަކީ ފުރިހަމައަށް ތަހުޤީޤު ކުރަން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާއިން ވަނީ ފަހުގެ ދުވަސްތަކުގައި ލުބުނާނުގެ ޢާންމުން ދިރިއުޅޭ އިމާރާތްތަކަށް ދީފައިވާ ޙަމަލާތަކަކާމެދު ކަންބޮޑުވުން ފާޅު ކޮށްފަައެވެ. އޭގެ ތެރޭގައި އޭޕްރިލް މަހުގެ 3ވަނަ ދުވަހު ދީފައިވާ ލުބުނާނުގެ ނަކޫރާގައި އަލަށް ހުޅުވި ޞިއްޙީ މަރުކަޒެއް ސުންނާފަތި ކޮށްލި ވައިގެ ޙަމަލާއެއް ވެސް ހިމެނެއެވެ.
ޚީތަން ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދަމަހައްޓަންޖެހޭ ކަމަށާއި މިހާރު އޮތް ޙާލަތު އިތުރަށް ގޯސްވުމަކީ ލުބުނާނާއި އިޒްރޭލުގެ ހަމަޖެހުމުގެ އިތުރުން ސަރަޙައްދީ ހަމަޖެހުމަށް އޮތް ހިރާހެއް ކަމަށެވެ. ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުުމެއް ޤާއިމު ކޮށްފައި އޮތް ނަމަ ވެސް ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޙިޒްބުاللهއަށް އޮތް ޕްރެޝަރު ވަނީ އިތުރުވެފައެވެ. ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް ގޮވާލަމުންދާ ގޮވައިލުންތަކުގެ އަޑު ވަނީ ގަދަވެފައެވެ. އޭޕްރިލް މަހުގެ 10ވަނަ ދުވަހު ޙިޒްބުاللهގެ އިސް ބޭފުޅަކު ވިދާޅުވީ އެ ޖަމާޢަތުން ގެންގުޅޭ ހަތިޔާރާ ގުޅޭގޮތުން ލުބުނާނުގެ ރައީސާއެކު މަޝްވަރާ ކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރުމުގެ ޝަރުތަކީ ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ފައިބައި ޙަމަލާ ދިނުން ހުއްޓައިލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
