
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ފުރިހަމައަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ ހަމައެކަނި ހަސްފަތާލަށް ޔަހޫދީ ފައުޖުން ދިން “ބިރުވެރި” ޙަމަލާ، އދ.ގެ ވެރިޔާ އެންޓޯނިޔޯ ގުތެރޭސް ކުށްވެރިކުރައްވައިފިއެވެ.މގުތެރޭސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން ވެސް، ބަލި މީހުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި ހަސްފަތާލު ފަދަ ސިއްޙީ ފަރުވާދޭ މަރުކަޒުތަކަކީ ކޮންމެ ޙާލަތެއްގައި ވެސް ރައްކާތެރިކޮށް ހިމާޔަތްކުރަންޖެހޭ ތަންތަނެވެ. ޣައްޒާގެ އުތުރުގައި ހުރި އަލް-އަހްލީ ޢަރަބި ހަސްފަތާލަށް ދިން ޙަމަލާއާ އެކު މިހާރު ވެސް ސިއްޙީ ފަރުވާ ދިނުމަށް ދަތިވެފައިވާ ޣައްޒާއަށް އިތުރު ބިރުވެރިކަމާއި ހިތްދަތިކަން ކުރިމަތިވެފައިވާކަމަށް ވެސް ގުތެރޭސް އާ ޙަވާލާ ދެއްވައި ތަރުޖަމާނު ވިދާޅުވިއެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ހަސްފަތާލުގެ އިމާރާތަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރޭގައި، ކުއްލިހާލަތުގެ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ އެމަރޖެންސީ ސަރަޙައްދާއި ރިސެޕްޝަން ސަރަޙައްދު ހިމެނެއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޙަމަލާއަށް ފަހު އެ ހަސްފަތާލު ވަގުތީ ގޮތުން ބަންދު ކުރަން މަޖުބޫރުވެފައިވާ ކަމުގައެވެ. އަދި، އެ ތަނުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހުންނާއި، ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން އެ ހަސްފަތާލަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ފަސްވަނަ ފަހަރެވެ.
ޣައްޒާގައި މި ވަގުތު ހިންގަމުންދާ މަދު ހަސްފަތާލުތަކުގެ ތެރޭގައި ހިމެނޭ އަލް-އަހްލީއަކީ ދުވާލެއްގެ މައްޗަށް 1,000އަކަށްވުރެ ގިނަ މީހުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ މުހިންމު މަރުކަޒެކެވެ. އޭގެ ތެެރޭގައި ގިނައީ، ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
