
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބިނާކޮށްފައިވާ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. އޭނާ މި މޭރުމުން އިންޒާރު ދެއްވާފައި ވަނީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލުމަށް ފަށާފައިވާ މަޝްވަރާތަކަށް އިޝާރާތް ކުރައްވައެވެ. ޓްރަމްޕް ބޭނުން ވަނީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށެވެ. އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް ދެއްވި ދަޢުވަތު ޤަބޫލުކޮށް، އޭޕްރިލް 12ވަނަ ދުވަހު އީރާނުން ވަނީ އެމެރިކާގެ އޮފިޝަލުންނާ އެކު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައި ވަނީ އޮމާނުންނެވެ.
އެ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމެއް އެކުލަވައިލަން އީރާނުން ފަސްޖެހެމުންދާ ކަމުގައެވެ. އަދި، އެއީ ގަސްދުގައި ކުރާ ކަމެއް ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ޓްރަމްޕް ވިދާޅުވީ، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް އީރާނުން ގެންގުޅޭ ތަސައްވުރު ދޫކޮށްލުމަށް އިންކާރު ކޮށްފި ނަމަ، އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގައެވެ.
” އީރާނަށް އޮތް ހަމައެކަނި ގޮތަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ތަސައްވުރު ދޫކޮށްލުން. އެ މީހުންނަށް ނިއުކްލިޔަރ ހަތިޔާރެއް ލިބުނަ ނުދޭ ނަން،”ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ރައީސް
އޮމާންގައި ބާއްވާފައިވާ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާފައި ވަނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ. “އަޅުގަނޑަށް ހީވަނީ އެ މީހުން އޮޅުވައިލައި [މަޝްވަރާތައް] ދިގުދަންމަން މަސައްކަތް ކުރަމުންދާ ހެން،” ވިޓްކޮފާ އެކު ބެއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. ފުރަތަމަ ބައްދަލުވުމަށް ފަހު އީރާނާއި އެމެރިކާއިން ވެސް ވަނީ، އެއީ ވަރަށް ކާމިޔާބު އަދި ބިނާކުރަނިވި މަޝްވަރާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. މަޞްދަރުތަކުން ބުނީ، އެއްބަސްވުމެއް އެކުލަވައިލެވޭނެ ގޮތްތައް ހޯދުުމަށް އޮމާންގައި ބޭއްވި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމުގައެވެ. އަދި، މަޝްވަރާތަކުގެ އިތުރު ބައްދަލުވުމެއް އޭޕްރިލް 17ގައި ބޭއްވުމަށް ނިންމާފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. އެ ބައްދަލުވުން އޮންނާނީ އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި ކަމަށް ބެލެވެެއެވެ.
“އީރާނަށް އޮތް ހަމައެކަނި ގޮތަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ތަސައްވުރު ދޫކޮށްލުން. އެ މީހުންނަށް ނިއުކްލިޔަރ ހަތިޔާރެއް ލިބުނަ ނުދޭ ނަން،” ޓްރަމްޕް ވިދާޅުވިއެވެ. އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާ ދިނުމާ މެދު ވިސްނަމުންދާތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، “އާދެ އެ ގޮތް އެބައޮތް،” ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފާނެ ހަރުކަށި ފިޔަވަޅުތަކުން ސަލާމަތްވުމަށް އެ ޤައުމުން ހަލުވި ދުވެލީގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ހުސްވި ހަފުތާގެ ތެރޭގައި ވެސް އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް އެމެރިކާއާ އެކު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލިއެވެ. ނަމަވެސް، އެ އެއްބަސްވުން ބާޠިލު ކޮށްފައި ވަނީ 2018ވަނަ އަހަރު ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. ޓްރަމްޕްގެ ނިންމުމާ ގުޅިގެން އީރާނުން ވަނީ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
