
ޗޭންޖިން ރޫމުގައި އޮތް ހަމައެކަނި ވާހަކައަކީ ނަތީޖާ އަނބުރާލައި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ވާހަކަ ކަމަށް ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނެފިއެވެ. އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ އިނގިރޭސިވިލާތުގެ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އާސެނަލްގެ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ބަލިވެފައި އޮތުމުން ރެއާލް އަށް ސެމީ ފައިނަލަށް ދެވޭނީ އަމިއްލަ ދަނޑުގައި މިރޭ ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. ގިނަ ބައެއްގެ ނަޒަރުގައި މިއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ނަމަވެސް އިނގިރޭސި މިޑްފީލްޑަރު ބުނީ މިކަން ކުރެވޭނެ ބަޔަކު ތިބިނަމަ އެބަޔަކީ ރެއާލް މެޑްރިޑް ކަމަށެވެ.
“މުޅި ޗޭންޖިން ރޫމުގައި އޮތް ހަމައެކަނި ވާހަކަ އަކީ މިއީ. މި ކުލަބުގެ ތާރީހަށް ބަލާއިރު މިއީ ނުވާވަރުގެ ކަމެއްނޫން. ތިން ލަނޑުގެ ނަތީޖާ އަކީ އަނބުރާލަން އުނދަގޫ ކަމަކަށްވާނެ. އެކަމަކު ބަޔަކަށް މިކަންވާނެ ކަމަށް އެބަޔަކަށްވާނީ އަހަރުމެން،” ބެލިންހަމް ބުންޏެވެ. އޭނާ ބުނީ ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި މިނަޔީޖާ ބަދަލުކުރަން ފަސޭހަވާނެ ކަމަށް ހުރިހާ ކުޅުންތެރިން ވެސް ގަބޫލުކުރާ ކަމަށެވެ. “އަހަރުމެން އާސެނަލް އަތުން ބަލިވެގެން ބަހުގައި އެނބުރި ފުރަން ދިޔައިރު ވެސް ކުޅުންތެރިން ދެއްކީ އެއް ވާހަކައެއް. އެއީ މި ނަތީޖާ އަހަރުމެންނަށް ބަދަލު ކުރެވިދާނެ ވާހަކަ. އަހަރެން އުއްމީދު ކުރަނީ މިކަން އަހަރުމެންނަށް ކުރެވޭނެ ކަމަށް. ހާއްސަކޮށް އަހަރުމެންގެ ދަނޑުގައި. މިއީ ނަތީޖާ ބަދަލު ކުރަން އެންމެ ފަސޭހަ ތަނަށްވާނެ،” ބެލިންހަމް ބުންޏެވެ.
އޭނާ ބުނީ ހުސްވި ސީޒަނުގައި ރެއާލް ހޯދި ތަށި ދިފާއު ކުރުމަށް ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް އެކެތިގަނޑެއްގެ ގޮތުގައި ކަމަށާއި ޗެމްޕިއަންސް ލީގަކީ ރެއާލް މެޑްރިޑްގެ މުބާރާތެއް ކަމަށެވެ. އޭގެ މިހެން ބުނިއިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ރެއާލް އެވެ. އެކުލަބުން ޖުމުލަ 15 ފަހަރު ތަށި ހޯދާފައިވާއިރު ކޯޗު ކާލޯ އެންޗެލޯޓީ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗެވެ. މިހެންވެ ތާރީހުން ކުޅުންތެރިން ފިލާވަޅު ލިބިގަނެ ހިތްވަރު ހޯދަމުންދާ ކަމަށް ވެސް ބެލިންހަމް ބުންޏެވެ. އާސެނަލްގެ ދަނޑުގައި އެ ޓީމު މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ މިޑްފީލްޑަރު ޑިކްލައިން ރައިސް އެވެ. މެޗުގެ ފުރަތަމަ ދެ ގޯލު ހިލެ ޖެހުންތަކުން ކާމިޔާބު ކުރީ އޭނާ އެވެ. އެ މެޗަށް ފަހު ރައިސް ބުނީ ތިން ލަނޑުގެ ލީޑެއް އާސެނަލް އަށް ލިބިފައިވީ ނަމަވެސް ރެއާލް މެޑްރިޑްގެ ވަކިވަކި ކުޅުންތެރިން މޮޅުކަމުން ބިރުގަންނަން ޖެހުނު ކަމަށެވެ.
ބެލިންހަމް ބުނީ އޭނާއާއެކު އިނގިރޭސި ގައުމީ ޓީމަށް ކުޅޭ ރައިސް ހިލޭޖެހުމުން ގޯކު ޖެހިތަން ފެނުނީ އަލަށް ކަމަށާއި އެއީ ވަރަށް ބޮޑު ހައިރާންކަމެއް ކަމަށެވެ. އާސެނަލް އަކީ ދުވަހަކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނު ޓީމެއްނޫނެވެ. އެމީހުންނަށް މި މުބާރާތުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2005 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް ކުޅުމެވެ. މިރޭގެ މެޗު ފަށާނީ މާލޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
