
ޔުއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ އާސެނަލް އަތުން ބަލިވެ މުބާރާތުން ކެޓިޔަސް، އެއީ އޭނާ ކޯޗުކަމުން ވަކިވާންޖެހޭނެ ސަބަބެއް ނޫން ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. އޭނާ މިހެން ބުނީ އާސެނަލްގެ ދަނޑުގައި ހުސްވި ހަފުތާގައި މި ދެ ޓީމު ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވުމުން، މިރޭ ރެއާލްގެ ދަނޑުގައި ކުޅޭ މެޗު ހަތަރު ލަނޑުން ކާމިޔާބު ނުކުރެވިއްޖެނަމަ މުބާރާތުން ކަޓަން ޖެހިފައިވަނިކޮށެވެ. އަންޗެލޮޓީ ބުނީ ރެއާލްގެ ކޯޗުކަމުގައި މިރޭގެ މެޗަކީ އޭނާގެ ފަހު މެޗަށްވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
“އަހަރެން ދެކޭ ގޮތުގައި މި މެޗަކީ އަހަރެންގެ ފަހު މެޗަށް ވާންޖެހޭ ސަބަބެއްނެތް. އަދި އަހަރެން ނުދެކެން އާސެނަލް މެޗުގެ ސަބަބުން އަހަރެންގެ ކުރިމަގަށް ހުރަސް އެޅިދާނެ ކަމަށް،” އަންޗެލޮޓީ ބުންޏެވެ. ރެއާލް މެޑްރިޑުގައި ތިން ފަހަރު އަދި އިޓަލީގެ އޭސީ މިލާނުގައި ދެ ފަހަރު ހޯދި ތައްޓާއެކު ޖުމުލަ ފަސް ފަހަރު އަންޗެލޮޓީ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މިއާއެކު މުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކީ އޭނާ އެވެ. އަންޗެލޮޓީ ބުނީ އާސެނަލްއާ ދެކޮޅަށް ނާޒުކު ފައްތަރެއްގައި އޮވެ ކުޅޭ މެޗާމެދު އޭނާ ވިސްނަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.
“މިއީ އަހަރެން ބޮޑު މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެއް ނޫން. އަދި އަހަރެން އުއްމީދު ކުރާ ގޮތުގައި އަހަރެން ބޮޑު މެޗަކަށް ނުކުންނަ ފަހު ފަހަރަށް ވެސް ނުވާނެ. އަހަރެން މިހުރީ އިސް އުފުލައިގެން. އަހަރެންގެ ހިތްވަރު ހުންނާނެ،” އަންޗެލޮޓީ ބުންޏެވެ. އޭނާ ބުނީ ފާއިތުވެދިޔެ މާޒީގައި ރެއާލް މެޑްރިޑަކީ ތަފާތު ބޮޑު ނަތީޖާ އަނބުރާލުމުގެ ގާބިލްކަން ހޯދާފައިވާ ޓީމެއްކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. މިހެންވެ މި މެޗުން އޭނާގެ ޓީމު މޮޅުނުވާންވީ ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް ސްޕޭނުގެ ބައެއް މީޑިއާތަކުން ބުނަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ މި ސީޒަނަށް ފަހު ރެއާލްގެ ކޯޗުކަމުން އަންޗެލޮޓީ ވަކިކުރާނެ ކަމަށެވެ. ސަބަބަކީ ސްޕެނިޝް ލީގުގައި ވެސް ބޮޑު ލީޑެއްގައި އޮވެ މިހާރު ވާދަވެރި ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތަށް ދިއުމެމެވެ. ނަމަވެސް އަންޗެލޮޓީ އުއްމީދު ކުރަނީ އޭނާއާއެކު ރެއާލްއިން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތް އެއް އަހަރު ކޯޗުކޮށްދޭން އޭނާ އަށް ލިބޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
