
ސްޕެއިންގެ ރެއާލް މެޑްރިޑުން ބަޔަކު ހީވެސް ނުކުރާ ފަދަ ނަތީޖާއެއް ނެރެފާނެ ކަމަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ބްރެޒިލްގެ ރޮބާޓޯ ކާލޯސް ބުނެފިއެވެ. ރެއާލްގައި 10 އަހަރު ކުޅެ، ފަސް ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިޔާ މިހެން ބުނީ މި މުބާރާތުން ސެމީ ފައިނަލަށް ނުދެވި ރެއާލް ކަޓާފާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ. މުބާރާތުގެ ސެމީ ފައިނަލަށް ރެއާލްއަށް ދެވެން އޮތީ އެންމެ ގޮތަކަށެވެ. އެއީ އަމިއްލަ ދަނޑުގައި މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި އިނގިރޭސިވިލާތުގެ އާސެނަލް ހަތަރު ލަނޑުގެ ތަފާތަކުން ބަލިކޮށްގެންނެވެ. ސަބަބަކީ މި ދެ ޓީމު މިދިޔަ ހަފުތާގައި އާސެނަލް އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާތީ އެވެ.
ކާލޯސް ބުނީ ރެއާލް ނެރެފާނެ ރަނގަޅު ނަތީޖާއަކަށް އޭނާ ހުރީ ވަރަށް އުއްމީދާއެކުގައި ކަމަށެވެ. އަހަރުމެންނެއް ނޫން ކުޅެނީ. އެކަމަކު އަހަރުމެން އެންމެނަށް ވެސް އޮތީ އުއްމީދު ކުރުން. ރެއާލް މެޑްރިޑަކީ ތަފާތު ބޮޑު ނަތީޖާތައް އަނބުރާލުމުގެ ގާބިލްކަން ލިބިފައިވާ ޓީމެއް. ތާރީހުން ވެސް އެކަން ސާބިތުވާން އެބައޮތް،” ކާލޮސް ބުންޏެވެ.

މިހެންވެ އޭނާ ބުނީ ރެއާލްއަށް މި މެޗުން މޮޅުވެގެން ސެމީ ފައިނަލަށް ނުދެވޭނެ ކަމަށް ހީކުރުމަކީ ކުށް ހީއަކަށްވެދާނެ ކަމަށެވެ. މީގެ ކުރިން ދުވަހަކުވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވާ އާސެނަލްއިން އަމިއްލަ ދަނޑުގައި ރެއާލް ބަލިކުރީ މިޑްފީލްޑަރު ޑެކްލަން ރައިސް ޖަހައިދިން ދެ ލަނޑާއެކު އެވެ. މެޗުގެ ފުރަތަމަ ދެ ގޯލު އޭނާ ޖެހީ މޮޅު ދެ ހިލޭ ޖެހުމުންނެވެ. ހިލޭ ޖެހުމުގައި އެފަދަ ދެވަނަ އެއްނެތް ކުޅުންތެރިއެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވި ކާލޯސް ބުނީ އެމިރޭޓްސް ސްޓޭޑިއަމުގައި އޭނާ އިންދައި ޖެހި އެ ހިލޭ ޖެހުމަކީ މޮޅު ދެ ޖެހުން ކަމަށެވެ.
“އޭނާ ވަރަށް މޮޅު. ވަރަށް ފުރިހަމަ ދެ ހިލޭ ޖެހުން އެއީ. މޮޅު ދެ ގޯލު އެއީ. އެކަމަކު އަހަރުމެންގެ ޕޮޒިޝަނިން އެއަށްވުރެ ރަނގަޅު ކުރެވުނުނަމަ އެހާ ފަސޭހަނުވާނެ އެ ދެ ގޯލު ޖަހާކަށް،” ކާލޮސް ބުންޏެވެ. މިރޭގެ މެޗު ފަށާނީ މާލޭ ގަޑިން 12 ޖަހާއިރު އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
