
އާސެނަލްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ބެން ވައިޓް އާއި މިޑްފީލްޑަރު ތޯމަސް ޕާޓޭ, ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެވޭ ވަރަށް ފިޓްވެއްޖެއެވެ. ނަމަވެސް ކޯޗު މިކޭލް އާޓެޓާ ސްޕެއިނަށް ދަތުރުކުރީ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޖީނިއާ ނުލައެވެ. އޭނާ ހުރީ އަނިޔާގައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރެއާލް އަތުން އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވީ ނަމަވެސް މި މެޗުގައި އާސެނަލް ވަރަށް ވިސްނުންތެރިކަމާއެކު ކުޅެން ޖެހޭ ކަމަށް އާޓެޓާ ދެކެ އެވެ. ހާއްސަކޮށް ރެއާލްގެ ހަލުވި ކުޅުންތެރިންގެ ކުރިމަތީގައި ބެންވައިޓާއި ޕާޓޭ އަށް ކުޅެވޭގޮތް ވުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
އާޓެޓާ ބުނީ ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅޭއިރު އާސެނަލްގެ ކުޅުންތެރިން އެންމެ ބޮޑަށް ވިސްނަންޖެހޭނެ ކަމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުވާނުލުމަށް ކަމަށެވެ. “ރެއާލް މެޑްރިޑަކީ އެންމެ ވަރުގަދަ އެއް ޓީމު. އެމީހުން ބަލިކުރަން ފަސޭހަނުވާނެ. އެމީހުންނަކީ ނަތީޖާ އަނބުރާލުމުގެ ގާބިލްކަން ލިބިފައިވާ ޓީމެއް. އެކަމަކު އަހަރުމެންނަށް މި ހޯދުނު ލީޑާއި މި އެޑްވާންޓޭޖްގެ ބޭނުން އަހަރުމެން ހިފަންޖެހޭނެ. ފުޓްބޯޅައިގައި މޮޅުވާނީ އަބަދުވެސް ދޫނުދީ އެންމެ ފަހު ވަގުތާ ހަމައަށް މޮޅުވާން ކުޅޭ މީހުން،” އާޓެޓާ ބުންޏެވެ.
މިރޭގެ މެޗަށް ރެއާލް މެޑްރިޑުން ވަނީ އެ ކުލަބުގެ ސެންތިއާގޯ ބާނަބައުގެ މަތީ ފުރާޅު އެއްކޮށް ބަންދުކޮށްލަން ނިންމައިފަ އެވެ. މިހެންވެ މެޗު ކުޅޭނީ ސްޓޭޑިއަމް ބަންދުކޮށްގެންނެވެ. މެޗު ފަށާނީ މާލޭ ގަޑިން 12 ޖަހާއިރުއެވެ.
About Post Author
މާދަމާ ނިއުސް
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
މަޝްވަރާ ހުއްޓުވަން ޣައްޒާގެ އިސްތިޢުމާރު ޔަހޫދީން ފުޅާކުރަނީ
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް) ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ކުރާ މަޝްވަރާތަކަށް ހުރަސްއަޅައި، ޔަހޫދީން އެ ސަރަޙައްދުގެ އިސްތިއުމާރު ފުޅާކުރަމުންދާކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. މިގޮތުން،...
ބްރެޒިލް އާއި މޮރޮކޯގެ ކުރިމަތިލުން އެއްވަރު
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ބްރެޒިލް އާއި މޮރޮކޯ ބައްދަކުރިމެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ކުޅުނު...
ސްވިޓްޒަލަންޑް ހިފަަހައްޓާލާ ޤަތަރުން ފުރަތަމަ ޕޮއިންޓް ހޯދައިފި
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ސްވިޓްޒަލަންޑާއި ޤަތަރު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޤަތަރުން ވޯލްޑް ކަޕްގައި އެޓީމުގެ ފުރަތަމަ ޕޮއިންޓް...
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
