
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިލާތުގެ އިއްތިޙާދުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)އަށް ކުރިއަށް އޮތް ތިން އަހަރަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން 1.8 ބިލިޔަން ޔޫރޯއަށް އިތުރު ކުރާނެ ކަމަށް އެ އިއްތިޙާދުގެ މެދުއިރުމައްޗާބެހޭ ކޮމިޝަނަރު ވިދާޅުވެއްޖެއެވެ. ޕީއޭއާ ދެކޮޅަށް ކޮރަޕްޝަނުގެ ތުހުމަތާއި އެންމެ އެދެވޭ ގޮތަށް ވެރިކަން ނުކުރާ ކަމުގެ ތުހުމަތު މީގެ ކުރިން ވަނީ އަމާޒުވެފައެވެ. މެދެއިރުމަތީގެ ކޮމިޝަނަރު ދުބްރަވްކާ ސުއިކާ ވިދާޅުވީ ޕީއޭއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމަކީ ޕީއޭއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ޝަރުތުކޮށް ދޭ އެހީތެރިކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ވިލާތުގެ އިއްތިޙާދުން ބޭނުން ވަނީ ޕީއޭއިން އަމިއްލައަށް އިޞްލާޙީ ބަދަލުތައް ގެންނަން ކަމަށާއި ފަލަސްޠީން ތަމްސީލުކޮށް މަޝްވަރާތަކުގައި ބައިވެރިވުމުގެ ހައިސިއްޔަތު ޕީއޭއަށް ލިބޭނީ އޭރުން ކަަމަށެވެ.
ސުއިކާ އިތުރަށް ވިދާޅުވީ 620 މިލިޔަން ޔޫރޯ ބޭނުން ކުރާނީ ޕީއޭއަށް އިސްލާހީ ބަދަލު ގެނައުމަށާއި މާލީ އެހީތެރިކަން ދިނުމަށް ކަމަށެވެ. އޭގެ އިތުރުން 576 މިލިޔަން ޔޫރޯ ހުޅަނގު އައްސޭރިއާއި ޣައްޒާ އާރާސްތު ކުރުމަށް ކަނޑައަޅާފައިވާ ކަމަށާއި 400 މިލިޔަން ޔޫރީ ދޭނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ދޫކުރާ ލޯނުގެ ގޮތުގައި ކަމަށެވެ. ފާއިތުވި 12 އަހަރުގެ ތެރޭގައި ވިލާތުގެ އިއްތިޙާދުން ފަލަސްޠީނަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަން އެވްރެޖުކޮށް 400 މިލިޔަން ޔޫރޯއަށް އަރާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ކޮމިޝަނަރު މި މޭރުމުން ވާހަކަ ދެއްކެވީ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންނާއި ޕީއޭގެ އިސްވެރިން ލަކްސެމްބޯގުގައި މަތީ ފަންތީގެ ސިޔާސީ މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ފަލަސްޠީނަށް އެންމެ ގިނައިން ޚަރަދު ކުރަނީ ވިލާތުގެ އިއްތިޙާދުންނެވެ. އެ އިއްތިޙާދުގެ އުންމީދަކީ ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުން ޣައްޒާގެ ހިންގުމާ ވެސް ޕީއޭއިން ޙަވާލުވުމެވެ. ނަމަވެސް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ ޣައްޒާގެ ހިންގުން ޕީއޭއާ ޙަވާލު ކުރުމަށް ނޭދޭ ކަމަށް ބުނެފައެވެ. ވިލާތުގެ އިއްތިޙާދުން ބޭނުން ވަނީ 1967 އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ކަމަށްވާއިރު މި ހުށަހެޅުން ވެސް ޔަހޫދީން ދެކޮޅުހަދައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
