
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ފުރިހަމައަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ ހަމައެކަނި ހަސްފަތާލަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާއެއްދީ، އެ ތަން ބަންދު ކުރުމަށް މަޖުބޫރު ކޮށްފިއެވެ. އެ ސަހަރުގެ އުތުރު ޣައްޒާ ސިޓީގައި ހުރި އަލް-އަހްލީ ޢަރަބި ހަސްފަތާލަކީ މި ވަގުތު ފުރިހަމައަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ ހަމައެކަނި ހަސްފަތާލެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްގެން ޔަހޫދީ ފައުޖުން އެ ތަނަށް ޙަމަލާދީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއް ހިންގާފައި މި ވަނީ، ޣައްޒާގެ މުސްލިމުން ޞިއްޙީ ފަރުވާއިން މަޙްރޫމު ކުރުވުމުގެ ހީލަތްތެރި ނިޔަތުގައެވެ.
އަލް-އަހްލީ ހަސްފަތާލަށް ދިން ނިރުބަވެރި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް، އެ ހަސްފަތާލު ހުސް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ކުޑަ ކުއްޖަކު ޝަހީދުވިއެވެ. އޭނާ ޝަހީދުވެފައި ވަނީ، ހަސްފަތާލަށް ޙަމަލާ ދޭން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެ ތަނުގައި ތިބި ބަލިމީހުން މަގުތަކަށް ނެރުމަށް މަސައްކަތް ކުރަމުން ދިޔުމުގެ ތެރެއިންނެވެ. އެއީ، ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާއެއްގައި ބޮލަށް އަނިޔާ ލިބިފައިވާ ކުއްޖެކެވެ. އަލް-އަހްލީ ހަސްފަތާލަށް ޔަހޫދީ ސިފައިން ޙަމަލާ ދޭން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައި ވަނީ އޭގެ 20 ވަރަކަށް މިނެޓު ކުރިންނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ހަސްފަތާލުގެ އިމާރާތަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރޭގައި، ކުއްލިހާލަތުގެ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ އެމަރޖެންސީ ސަރަޙައްދާއި ރިސެޕްޝަން ސަރަޙައްދު ހިމެނެއެވެ. އެ ހަސްފަތާލުން ފަރުވާ ހޯދަމުން ދިޔަ މުޙައްމަދު އަބޫ ނާޞިރު ބުނީ، ޔަހޫދީ ފައުޖުން އެ ތަނަށް ޙަމަލާ ދިން ވަގުތު ވެސް ގިނަ އަދަދެއްގެ ބަލިމީހުން އެ ތަނުގެ ތެރޭގައި ތިބި ކަމުގައެވެ. “ހީކުރީ ހަސްފަތާލުގެ ތެރޭގައި އަޅުުގަނޑުމެންގެ ފުރާނަ ގެއްލިގެން ދާނެ ކަމަށް. މި ވަގުތު ޞިއްޙީ ފަރުވާ ލިބޭނެ އެއްވެސް ގޮތެއް ނެތް. ހަމައެކަނި ގޮތަކީ ބޭރަށް ދަތުރު ކުރުން،” އޭނާ ބުންޏެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޙަމަލާއަށް ފަހު އެ ހަސްފަތާލު ވަގުތީ ގޮތުން ބަންދު ކުރަން މަޖުބޫރުވެފައިވާ ކަމުގައެވެ. އަދި، އެ ތަނުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހުންނާއި، ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން އެ ހަސްފަތާލަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ފަސްވަނަ ފަހަރެވެ.
ދުވާލަކު 1,000އެއްހާ ބަލިމީހުންނަށް ފަރުވާ ދެމުން ދިޔަ ހަސްފަތާލެއް
އަލް-އަހްލީ ހަސްފަތާލާއި، އެ ތަނުގައި ހުރި ފާމަސީގެ ޚިދުމަތްތައް މެދުކަނޑައިލާފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ވެސް ކަށަވަރު ކޮށްދިނެވެ. އެ ޖަމުޢިއްޔާއިން ބުނީ، އެ ޖަމުޢިއްޔާގެ ބެލުމުގެ ދަށުން ފަރުވާ ހޯދަމުން ދިޔަ 50 މީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ. ނަމަވެސް، އަދިވެސް ބަދަލު ނުކުރެވި އިތުރު 40 ބަލިމީހުން ތިބި ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ. ޣައްޒާގެ މުސްލިމުންނަށް ޞިއްޙީ ފަރުވާ ލިބެން އޮތް ހުރިހާ ދޮރުތަކެއް ބަންދު ކުރުމަށް ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާއިރު، ޑަބްލިޔުއެޗްއޯން ބުނީ، އެ އަލް-އަހްލީގެ އިތުރުން އިންޑޮނީޝިޔާ ހަސްފަތާލަށް ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް އެ ޖަމުޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ވެސް ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަމުގައެވެ. އަދި، އެއާ އެކު ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައެވެ.
ޣައްޒާގައި މި ވަގުތު ހިންގަމުންދާ މަދު ހަސްފަތާލުތަކުގެ ތެރޭގައި ހިމެނޭ އަލް-އަހްލީއަކީ ދުވާލެއްގެ މައްޗަށް 1,000އަކަށްވުރެ ގިނަ މީހުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ މުހިންމު މަރުކަޒެކެވެ. އޭގެ ތެެރޭގައި ގިނައީ، ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުންނެވެ. ޣައްޒާ ސިޓީގައި ދެން ހުންނަނީ އަލް-ޝިފާ ހަސްފަތާލެވެ. ނަމަވެސް، ހުސްވި އަހަރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ އެ ތަނަށް ވެސް ބޮންއަޅައި ސުންނާފަތި ކޮށްލާފައެވެ. އަލް-އަހްލީ ހަސްފަތާލަށް ދީފައިވާ ނިރުބަވެރި ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޤަޠަރުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
