
އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކުލަބުތަކުގެ ތެރެއިން އެޖެންޓުންނަށް އެންމެ ބޮޑު ހޭދައެއް ކުރި ކުލަބަކަށް ޗެލްސީ ވެއްޖެއެވެ. އިނގިރޭސިވިލާތުގެ އެންމެ މަތީ ފަސް ޑިވިޝަނުގައި ވާދަކުރާ ކްލަބްތަކުން ކުޅުންތެރިން ހޯދުމުގައި ކުޅުންތެރިންގެ އެޖެންޓުންނަށް ދީފައިވާ ފީގެ އަދަދުތައް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އާންމުކޮށްފައެވެ. މިދިޔަ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 2 ފެބްރުއަރީ 2025 ގެ ނިޔަލަށް ޗެލްސީ އަށް ކުޅުންތެރިން ހޯދުމަށް އެޖެންޓުންނަށް ފީގެ ގޮތުގައި ވަނީ 60 މިލިއަން ޕައުންޑު ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު ކުޅުންތެރިންގެ އެޖެންޓުންނަށް ޗެލްސީން ވަނީ 75.1 މިލިއަން ޕައުންޑު ހަރަދުކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބަށް ކުޅުންތެރިން ހޯދުމަށް އެޖެންޓުންނަށް ވަނީ 409.1 މިލިއަން ޕައުންޑު ޚަރަދުކޮށްފަ އެވެ.
ޗެލްސީގެ ފަހަތުން މި ލިސްޓުގެ ދެވަނައިގައި އޮތީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިން ހޯދުމަށް ބޮޑު ހޭދައެއް ކުރި މެންޗެސްޓަރ ސިޓީ އެވެ. އެ ޓީމުން ވަނީ 52 މިލިއަން ޕައުންޑު ހޭދަކޮށްފަ އެވެ. އަދި ތިންވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް އިން ވަނީ 33 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. ގަދަ ފަހެއްގައި ހިމެނޭ އަނެއް ދެ ކްލަބަކީ 25 މިލިއަން ޕައުންޑް ހޭދަކޮށްފައިވާ އެސްޓަން ވިލާ އާއި 24.3 މިލިއަން ޕައުންޑް ހޭދަކޮށްފައިވާ ނިއުކާސަލް ޔުނައިޓެޑް އެވެ.
ކުޅުންތެރިންގެ އެޖެންޓުންނަށް އެންމެ ކުޑަ ހޭދައެއް ކޮށްފައިވަނީ އިޕްސްވިޗް ޓައުން އެވެ. އެ ޓީމުން މިދިޔަ އަހަރު އެޖެންޓުންނަށް ހޭދަކޮށްފައިވަނީ 6.2 މިލިއަން ޕައުންޑެވެ. ކުޅުންތެރިން ހޯދުމަށް ބޮޑު ހޭދައެއް ޗެލްސީ އިން ކުރި ނަމަވެސް އެ ޓީމަށް ވަނީ މިދިޔަ ސީޒަނުގެ އިތުރުން މި ސީޒަނުގައިވެސް އެދެވޭ ނަތީޖާތަކެއް ނުހޯދިފަ އެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫރޮޕާ ލީގުންވެސް ފުރުސަތު ގެއްލިފައިވާއިރު މި ސީޒަނުގައިވެސް ލީގުގެ 32 މެޗު ނިމުނުއިރު އެ ޓީމު އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ. އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފުރުސަތު ގަދަ ފަހެއްގައި ހިމެނޭ ޓީމުތަކަށް ލިބިގެންދާއިރު ހަވަނަ އަށް ޖެހޭނީ ޔޫރޮޕާ ލީގުގައި ވާދަކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
