
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އާސެނަލްގެ ޖޯޖީނިއޯއަށް ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ. ރެއާލް މެޑްރިޑާއި ދެކޮޅަށް މާދަމާ ރޭ އާސެނަލް ރަށުން ބޭރުގައި ނިކުންނައިރު އެ ޓީމުން ވަނީ ފުރަތަމަ ލެގު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. އިޓަލީއަށް އުފަން އުމުރުން 33 އަހަރުގެ ޖޯޖީނިއޯއަށް އަނިޔާ ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މި މެޗު 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާއި ދެކޮޅަށް ނިކުންނައިރު އާސެނަލްގެ މިޑްފީލްޑަރ ތޯމަސް ޕާޓޭއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށްވެސް މި މެޗުގައި ނުކުޅެވިދާނެކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން އަދި އެ ކްލަބުން ހާމަކޮށްފައިނުވި ނަމަވެސް ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާވެސް ވަނީ ބަދަލުކޮށްފަ އެވެ. މި ސީޒަނުގައި އާސެނަލް ނިކުންނަ އެންމެ މުހިންމު މެޗަށް މާދަމާ ރޭ އެ ޓީމު ނިކުންނައިރު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި ރެއާލް މެޑްރިޑް އިން ވަނީ ރަގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
ނަމަވެސް ފަހަކަށް އައިސް ފޯމު ގެއްލިފައިވާ ރެއާލް މެޑްރިޑަށް އާސެނަލް ކޮޅަށް ތިން ލަނޑު ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
