
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ސްވަންސީ ސިޓީގެ މައިނޯރިޓީ ޝެއާ، ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ގަނެފިއެވެ. ކްރޮއޭޝިޔާއަށް އުފަން އުމުރުން 39 އަހަރުގެ މޮޑްރިޗް ސްވަންސީ ސިޓީގެ ހިއްސާ ގަނެ އެ ކްލަބުގެ ވެރިންގެ ތެރޭގައި ހިމެނިފައިވާއިރު އެ ކްލަބުގެ ހިއްސާ މިހާރުވެސް އޮންނަ ހަތަރު ފަރާތެއް ވެއެވެ. އެއީ އެންޑީ ކޯލްމަން އާއި ބްރެޓް ކްރަވަޓް އާއި ނިޖެލް މޮރިސްގެ އިތުރުން ޖޭސަން ކޮހެން އެވެ.
“މިއީ ވަރަށް އުފާވެރި އަދި ފަހުރުވެރިވާ ފުރުސަތެއް. ސްވަންސީ އަކީ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ތިބި މަތީ ފަންތީގައި ވާދަކުރުމަށް މަސައްކަތް ކުރަމުންދާ ރަގަޅު ކްލަބެއް.” ސްވަންސީ ސިޓީގެ ހިއްސާ ގަތުމަށްފަހު މޮޑްރިޗް ބުންޏެވެ. އޭނާ އިތުރަށް ބުނެފައިވަނީ މަތީ ފަންތީގައި އެހެން ކްލަބަކަށް ފުޓްބޯޅަ ކުޅުނު ނަމަވެސް އޭނާއަށް އެ ކްލަބަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. “އަހަރެން މިވަގުތު އެންމެ މަތީ ފަންތީގައި އެހެން ކްލަބަކަށް ކުޅުނު ނަމަވެސް އަހަރެންނަށް މި ކްލަބަށް އެހީތެރިކަން ފޯރުކޮށްދެވޭނެ. އަހަރެންގެ ވިސްނުން ހުރީ ތަޖުރިބާގެ އަލީގައި ރަގަޅު ޓީމެއް ބިނާކޮށް މުސްތަގުބަލުގައި ކާމިޔާބު ޓީމަކަށް ސްވަންސީ ސިޓީ ހެދުން.” މޮޑްރިޗް އިތުރަށް ބުންޏެވެ.
މިސީޒަނުގެ ނިޔަލަށް ރެއާލް މެޑްރިޑް އާއިއެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު މިއީ ފުޓްބޯޅަ ކްލަބެއްގެ ހިއްސާ އޭނާ ގަތް ފުރަތަމަ ފަހަރެވެ. ސްވަންސީ ސިޓީން ބުނެފައިވަނީ އެކްލަބުގެ ހިއްސާ ލޫކާ މޮޑްރިޗް ގަނެފައިވުމަކީ އެ ކްލަބުގެ ވިސްނުމާއި މަސައްކަތްތައް ރަގަޅުކަމަށް ގަބޫލުކުރެވޭ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މޮޑްރިޗްގެ ފަރާތުން އެ ކްލަބުގެ މަގުބޫލުކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށްވެސް ސްވަންސީން ވަނީ ބުނެފަ އެވެ. ސްވަންސީ ސިޓީ އަށް މިދިޔަ އަހަރު 15.2 މިލިއަން ޕައުންޑުގެ ގެއްލުމެއް ވެފައިވާއިރު މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 2.7 މިލިއަން ޕައުންޑް މަދު އަދަދެކެވެ.
އެ ކްލަބުން ހާމަކޮށްފައިވާ ގޮތުގައި ކްލަބުގެ ހަރަދުތައް ބޮޑުވެފައިވަނީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ކްލަބުތަކުގެ ވާދަވެރިކަން ބޮޑުވެ އެހެން ކްލަބްތަކާއި ވާދަކުރުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ބޮޑު ޚަރަދެއް ހިނގަމުންދަނީ އެކްލަބުގެ ސްޓޭޑިއަމް ބެލެހެއްޓުމުގެ މަސައްކަތަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
