
(ފޮޓޯ ކްރެޑިޓްސް: ފިނޭންސް މިނިސްޓްރީ)
ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ ލޯނުގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ. ހުޅުމާލެ 2 ގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަޝްރޫއު ފައްޓަވައި ދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު އަދި އެ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ. ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދެވޭނެ ކަމަށެވެ. ނަމަވެސް، އަގުހެޔޮ އަގެއްގައި ދޫކުރަން އަޅާ ހައުސިން ޔުނިޓުތަކާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
Minister @MoosaZameer and H.E. Sultan bin Abdulrahman Al-Marshad, CEO of @SaudiFund_Dev, inaugurated the 400 Affordable Housing Units Project financed by SFD today. pic.twitter.com/95gEFT0PwU
— Ministry of Finance and Planning (@MoFmv) April 14, 2025
އެ މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު ޒަމީރު ވިދާޅުވީ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ އަގުހެޔޮ އަދި އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދަތިކަން، މި މަސައްކަތުން ހައްލުވާ ކަމަށެވެ. ޒަމީރު ވިދާޅުވި ގޮތުގައި މިއީ ހައުސިންގެ މަޝްރޫއުތަކަށް އުއްމީދާއި ކުރިއެރުން ލިބުނު ކަމެކެވެ. އަދި މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެޅޭ ކަމެއްކަން ފާހަގަކުރެއްވި އެވެ. ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ނިންމައި އެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ފާމެއް ހޯދަން މާޗު 2023 ގައި ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ކުރައްވާ މި ދަތުރުގައި ވަނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
