
ދިވެހިބަހުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖޭގެ އެންމެ އުފެއްދުންތެރި އަދީބުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދުވަހާ ގުޅުވައިގެންނެވެ. ދިވެހި ބަހަކީ ދިވެހި ގުޅުންތަކުގެ ރަމްޒެވެ. އެއީ ދިވެހި ގޮތްތަކާއި އުޅުންތެރިކަމަށް ދިރުން ގެނެސްދޭ ދަންމަރެވެ. އެއީ ޝަރަފާއި ޢިއްޒަތް މި ފަސްގަނޑަށް ދޭ ހަނދުވަރެވެ. އާދެ! ދިވެހިބަހަކީ އަޅުގަނޑުމެންގެ މާދަރީބަހެވެ. ޒަމާނުންސުރެ ދިވެހިން މުޢާމަލާތުކުރަމުން އައި ބަހެވެ.
ދިވެހިބަހަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި ސަގާފަތާއި އުޅުންތަކާއި ގުޅުންތައް ގުޅުވައިދޭ މެދުވެރިޔާއެވެ. ދިވެހިންގެ އަސްލުވަންތަކަމުގެ އެންމެ މުހިންމު އެއް ބަހާއަކީވެސް އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިބަހެވެ. ދިވެހިބަހުގެ ދުވަހެއް ފާހަގަކުރަނީ މި ދެންނެވި ސަބަބުތަކާ ގުޅިގެންނެވެ. ދިވެހިބަހުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2015 ވަނަ އަހަރުއެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅުއްވާފައިވަނީ “އިސްކުރާނީ ދިވެހިބަސް” މި ޝިޢާރެވެ.
ދިވެހިބަހުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހިބަހުގެ އުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، ދިވެހިބަހުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ މި ބަސް ދިވެހިންނަށް މުހިންމުވާ މިންވަރު މީހުންގެ ހިތްތަކަށް ވައްދައިދިނުން ކަމަށެވެ. އެގޮތުން ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ މުހިންމު އުންސުރެއްކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ. “މިހާ ޒަމާންތަކެއް ވަންދެން ދެމެހެއްޓި ބަހެއް މިއީ. ދިވެހިންގެ ދެމިއޮތުމަށްޓަކައި ދިވެހިބަހަކީ ކޮންމެހެން މުހިންމު އެއްޗެއް. އެއާ ނުލައި ދިވެހިވަންތަކަމެއް ނޯންނާނެ.” ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޢަބްދުލްޢަޒީޒް ވިދާޅުވީ ދިވެހިބަހުގެ ދުވަހު އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭންވީ ދިވެހިބަހަށް ހޭލުންތެރިވެ، އަހުލުވެރިވުމަށް ޢަޒުމު ކަނޑައެޅުމަށް ކަމަށެވެ. އަދި ދިވެހިބަސް އަޅުގަނޑުމެންނަށް ނޭނގުމުން ދޭހަކޮށްދެނީ ދިވެހިބަހުގެ ފަޤީރުކަން ނޫންކަމަށާއި އެއިން ދޭހަކޮށްދެނީ ބަހަށް އަހުލުވެރިވެފައިވާ މިންވަރުގެ ކުޑަކަންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދިވެހިބަހުން ރަނގަޅަށް މުޢާމަލާތުކުރަން ދަސްކުރުމަށް ޢަބްދުލްޢަޒީޒް އިލްތިމާސްކުރެއްވިއެވެ. އަދި އަޅުގަނޑުމެން ޝަރަފުވެރިވެ، ދިވެހިވަންތަކަން ދެމެހެއްޓޭނީ ދިވެހިބަހަށާއި ޤައުމިއްޔަތަށް އަހުލުވެރިވި މިންވަރަކުންކަންވެސް ޢަބްދުލްޢަޒީޒް ފާހަގަކުރެއްވިއެވެ.
ދިވެހިބަސް ދިރުވާ އާލާކުރުމަށާއި ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް އަދުގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް އުފެއްދެވި ދިވެހިބަހާ ބެހޭ ވުޒާރާއިން އަންނަނީ ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ޤައުމިއްޔަތުގެ ކޮލެޖެއް އުފެއްދެވުމުގެ މަސައްކަތާއި، ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރުމަށްކުރާ މަސައްކަތާއި، ތަރިކަ ދިރާސާކުރާ ދިރާސާވެރިންގެ ގުރޫޕެއް އުފެއްދެވުމާއި ދިރާސާގެ މަސައްކަތްތައް ފެށުން ހިމެނެއެވެ. މީގެ އިތުރުން ދިވެހިބަހަށް ލޯބި ޖެއްސުމުގެ ގޮތުން ދިވެހިބަހަށް ހޭލުންތެރިކުރުވުމުގެ ޤައުމީ މަޝްރޫޢެއް މި ދައުރުގައި ފެށޭނެކަމަށް ދިވެހިބަހާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ދިވެހިބަހަށް އިސްކަންދީ، ބަސް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރައްވަމުން އަންނައިރު، ބަހަށް އަހުލުވެރިވުމަށް އަޅުގަނޑުމެންވެސް ސަމާލުކަންދޭންޖެހެއެވެ. ދިވެހިވަންތަކަން ހިފެހެއްޓޭނީ އޭރުންނެވެ. އެހެނީ އެ ބަހަކީ ދިވެހިންނާއި އެހެން ކަރަތަކާ ތަފާތުކޮށްދޭ ހުރަހެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
