
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
އުމުރުން 60 އަހަރުން މަތީގެ މީހުނަށް ލުއި ގޮތަކަށް ބައެއް އުޅަނދުތަކުގެ ލައިސަންސް ނެގޭ ގޮތް ހަދައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން އެއްގަމުން އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެެހޭ ޤަވައިދުއަށް ގެނައި އިސްލާޙްގައި ވަނީ މި ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުދުއްވުމަށް ކަމަށެވެ. މި ޤަވައިދަށް ގެނައި އިސްލާހުގައިވާގޮތުން މި ލައިސަންސް ބޭނުންކޮށްގެން އުޅަނދު ދުއްވޭނީ ހަމައެކަނި ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައެވެ. އަދި އެ ލައިސަންސްގައި ދޫކުރެވޭނީ ހަމައެކަނި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވުން ހުއްދަކުރާ މަގުތަކުގައެވެ.
އަލަށް މި ގެނެވުނު އިސްލާޙާގުޅޭގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް ފަރާތަކަށް ހުރަހެއްނެތްކަމަށެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސާއި، ދާއިމީ ލައިސަންސް ދޫކުރާނީ އެ ވުޒާރާއިން ކަނޑައަޅާ އިމްތިހާންތައް ފުރިހަމަ ކުރުމުންނެވެ. މި ދެ ބާވަތުގެ ލައިސަންސްގެ އިތުރުން، މި އިމްތިހާނުތައް ފުރިހަމަ ކުރުމުގެ ބަދަލުގައި، 04 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން، 60 ސީސީ އިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕް ދުއްވުމަށް އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚުތިޔާރު ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދޫކުރާ ލައިސަންސްގެ މުއްދަތަކީ، ލައިސަންސް ދޫކުރާ ތާރީޚުން ފެށިގެން 10 އަހަރުދުވަހެވެ. އަދި މުއްދަތު ހަމަވުމުން ލައިސަންސް ލިބިފައިވާ ފަރާތަށް އެ ލައިސަންސް އައުކުރުމުގެ އިޚުތިޔާރުލިބިގެނެއް ނުވެއެވެ. އެހެންނަމަވެސް، ޚާއްސަ ތަމްރީން ޕްރޮގްރާމް އަލުން ފުރިހަމަކުރުމަށްފަހު، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައިވެއެވެ. ދޮށީ އުމުރުގެ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ލައިސަންސްގެ ދަށުން އުޅަނދު ދުއްވާ ފަރާތަކުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ޚިލާފުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުމުގެ އިޚުތިޔާރު ދަތުރުފަތުރާ ބެހޭ ވުޒާރާއަށް ނުވަތަ ލައިސަންސް ދޫކުރި އިދާރާއަށް ލިބިގެންވެއެވެ. މި ޤަވާއިދުގައި ވާގޮތުން ލައިސަންސް ހޯދުމަށާއި، ލައިސަންސްއާ ގުޅޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ޓަކައި، 250 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
