
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސަޢުދީ ޢަރަބިއްޔާއިން މަދަނީ ނިއުކްލިއަރ މަޝްރޫޢުއެއް ފެށުމަށް އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން އިބްތިދާޢީ އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއިން ތައްޔާރުވެއްޖެއެވެ. އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ވައިޓް ދަނީ ގަލްފުގެ ޤައުމުތަކުގެ ތެރެއިން ހަކަތަ އުފައްދާ ޤައުމުތަކަށް ކުރައްވަމުންދާ ދަތުރުތަކެއްގެ ތެރެއިން ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރަތް ކުރައްވައިފައެވެ. މިއީ އޭނާ ވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން އެ ޤައުމަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެ ދަތުރުގެ ތެރެއިން އޭނާ ވަނީ ސަޢުދީ ޢަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު އަބްދުލް ޢަޒީޒް ބިން ސަލްމާންއާ ބައްދަލު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގައި މަދަނީ ނިއުކްލިޔަރ މަޝްރޫޢުއެއް ފެށުމާ ގުޅޭގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވާ ކަމަށެެވެ.
ވްރައިޓް އިތުރަށް ވިދާޅުވީ ހަކަތައިގެ ދާއިރާއިން ދެ ޤައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ އިތުރު ތަފްޞީލުތައް ހިމަނައި އެކުލަވާލައި ފަހުމުނާމާ މި އަހަރުގެ ފަހުގެ ތާރީޚެއްގައި ދެ ޤައުމުން ސޮއި ކުރާނެ ކަމަށެވެ. ސަޢުދީ ޢަަރަބިއްޔާގެ ނިއުކްލިޔަރ މަޝްރޫޢުއެއްގައި އެމެރިކާއިން ބައިވެރިވުަމަށް އެމެރިކާގެ އެޓޮމިކް ހަކަތައާބެހޭ ޤާނޫނުގެ 123ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް 123 އެއްބަސްވުމެއް ވެސް ޤާއިމު ކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގައި އެމެރިކާގެ ސަރުކާރާއި އެމެރިކާގެ ކުންފުނިތަކުން އެއްވެސް ޤައުމަކާއެކު ނިިއުކްލިޔަރ ދާއިރާއިން މަސައްކަތް ކުރާ ނަމަ ފުރިހަމަވާން ޖެހޭ ނުވަ ޝަރުތެއް ހުރެއެވެ. އެ ގޮތުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ބޭނުން ނުކުރުމާއި ނާޒުކު ތަކެތި އެހެން ފަރާތްތަކަށް ފޯރު ކޮށްދިނުން މަނާ ކުރުން ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ވްރައިޓް ވިދާޅުވީ ޤާނޫނުން ލާޒިމު ކުރާ ޝަރުތުތަކަށް ސަޢުދީ ޢަރަބިއްޔާއިން އެއްބަސްވަފައި ނުވާ ކަމަށެެވެ. ނަމަވެސް އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއާ ދެ ޤައުމުގެ މަގުސަދުތައް ވެސް ޙާޞިލް ކުރެވޭނެ ފަދަ އެއްބަސްވުމެއް ޤާއިމް ކުރެވިދާނެ ގިނަ ގޮތްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. މަދަނީ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް މީގެ ކުރިން އުނދަގޫވީ ޔުރޭނިއަމް މުއްސަނދި ކުރުމަށް ހުރަސްއެޅޭ އަދި ބޭނުން ކޮށްފައިވާ ނިއުކްލިޔަރ ތެޔޮ އަލުން ބޭނުން ކުރުން މަނާވާ ފަދަ އެއްބަސްވުމެއް ސަޢުދީ ޢަރަބިއްޔާއިން ޤާއިމު ކުރުމަށް ބޭނުން ނުވުމުންނެވެ. އެ ދެ ކަމަކަކީ ވެސް ނިއުކްލިޔަރ ބޮމެއް އުފެއްދުމަށް ހުރަސްއެޅޭ ދެ ޝަރުތެވެ. ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކުރިންސުރެ ވެސް ވިދާޅުވަމުންދަނީ އީރާނުން ނިޔުކްލިއަރ ހަތިޔާރެއް އުފައްދައިފި ނަމަ ސަޢުދީ ޢަރަބިއްޔާއިން ވެސް އެ ގޮތަށް ޢަމަލު ކުރާނެ ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި ސަޢުދީ ޢަރަބިއްޔާއާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހިވެދާނެ ކަމުގެ އުންމީދުގައި ސަޢުދީ ޢަރަބިއްޔާއާއެކު ގިނަ ގޮތްގޮތުން ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. އެ ގޮތުން މަދަނީ ނިއުކްލިޔަރ އެއްބަސްވުމެއް ޤާއިމު ކުރުމުގެ އިތުރުން ސަލާމަތީ ގެރެންޓީ ދިނުމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް އެ ކަންކަމާ ގުޅޭގޮތުން ވްރައިޓް ވާހަކަ ދައްކަވާފައެެއް ނުވެއެވެ. ސަޢުދީ ޢަރަބިއްޔާއަކީ ދުނިޔޭގެ އެންމެ ގިނައިން ތެޔޮ ބޭރުކުރާ ޤައުމެވެ. އެ ޤައުމުން މަސައްކަތް ކުރަމުން ދަނީ ގިނަ ޢަދަދެއްގެ އިޢާދަކުރަނިވި ހަކަތަ އުފައްދާ ވައިގެ ތެރެއަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރާށެވެ. އެއީ އެ ޤައުމުގެ ވަލީއަހުދުގެ ވިޝަން 2030ގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މަސައްކަތުގެ ތެރެއިން އުފައްދާ އިޢާދަކުރަނިވި ހަކަތައިގެ ކޮންމެ ވެސް ނިސްބަތެެއް އުފައްދާނީ ނިއުކްލިޔަރ ހަކަތައިން ކަަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
