
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިދިިޔަ މާރިޗު މަހުގެ ތެރޭގައި ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގައި ޙަރަކާތްތެރިވަމުންދިޔަ ފަލަސްޠީނުގެ 15 އިންސާނީ ޚިދުމަތްތެރިންނަށް ޙަމަލާދީ ޝަހީދު ކޮށްލި ހާދިޘާގައި ވީނުވީއެއް ނޭނގި ގެއްލުނު ފަލަަސްޓީނިއަން ރެޑް ކްރެސެންޓުގެ ޑޮކޮޓަރު ހުރީ ޔަހޫދީންގެ ބެލުމުގެ ދަށުގައި ކަމަށް ޕަލަސްޓީނިއަން ރެޑް ކްރެސެންޓާއި ރެޑް ކޮރޮސުން ބުނެފިއެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް، އައިސީއާރުސީގެ ތަރުޖަމާނު ޙިޝާމް މިހާނާ ވަނީ ޕަލަސްޓީނިއަން ރެޑް ކްރެސެންޓުގެ މުވައްޒަފެއް ކަމަށްވާ ޢައްސަދު އަލް-ނަޞަސްރާ ޔަހޫދީން ބަންދު ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ އެ މަޢުލޫމާތު ލިބުމުން ޢައްސަދު އަލް-ނަޞަސްރާގެ ޢާއިލާއަށާއި ޕަލަސްޓީނިއަން ރެޑް ކްރެސެންޓް ސޮސައިޓީއަށް އެ ކަން އަންގާފައިވާ ކަމަށެވެ. އެ ކަމާ ގުޅޭގޮތުން ޔަހޫދީން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިހާނާ ވިދާޅުވީ ނަޞަސްރާއާ ބައްދަލު ކުރުމަށް އަދި މުޢާމަލާތު ކުރުމަށް އައިސީއާރުސީއަށް ޔަހޫދީން ފުރުޞަތު ދީފައި ނުވާ ކަމަށެވެ. އޭގެ އިތުރުން ޔަހޫދީ ޖަލުތަކުގައި ބަންދު ކޮށްފައިވާ ފަލަސްޠީނުގެ ރަައްޔިތުންނާ ބައްދަލު ކުރުމުގެ ފުރުޞަތު ވެސް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ދީފައި ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ޕަލަސްޓީނިއަން ރެޑް ކްރެސެންޓް ސޮސައިޓީން ވަނީ ނަޞަސްރާ މިހާރުން މިހާރުން މިނިވަން ކުރުމަށް ޔަހޫދީންނަށް ގޮވާލައިފައެވެ. އެ ޖަމާޢަތުން ބުނީ ޔަހޫދީން ނަޞަސްރާ ވަގަށް ނަގާފައި ވަނީ އިންސާނީ މަސައްކަތުގައި ޙަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. ނަޞަސްރާއާއި އޭނާއާއެކު މަސައްކަތުގައި އުޅުނު އިތުރު މީހުންނަށް ޔަހޫދީން ވަރުގަދަ ޙަމަލާއެއް އަމާޒު ކޮށް އެ ޙަމަލާގައި އަށް މީހުން ޝަހީދު ކޮށްލާފައިވާ ކަން ފާހަގަ ކުރަމުން ޕަލަސްޓީނިއަން ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ އެއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފަށް އެއްވެސް ބެލުމެއް ނެތި ދީފައިވާ ޙަމަލާއެއް ކަމަށެވެ.
މިދިޔަ މާރިޗު މަހުގެ ތެރޭގައި ރެޑް ކްރެސެންޓަށް ނިޞްބަތްވާ 8 ޑޮކްޓަރުންނާއި މަދަނީ ޚިދުމަތުގެ މެންބަރުންނާއި އދގެ މުވައްޒަފުން ހިމެނޭ ގޮތަށް އިންސާނީ މަސައްކަތުގައި ޙަރަކާތްތެރިވަމުން ދިޔަ 15 މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ މާސިންގާ ވަޅުގަނޑެއް ކޮނެ އެ މީހުންގެ ފުރާނަ ނެތް ހަށިތައް ވަޅުލާފައި ވަނިކޮށެވެ. އދއާއި ރެޑް ކްރެސެންޓުން ވަނީ ޔަހޫދީން ދިން ވައިގެ ޙަމަލާތަކެއްގައި ޒަޚަމްތައް ލިބުނު ބަޔަކަށް އެހީތެރިވުމަށް ޑޮކްޓަރުންނާއި އިންސާނީ އެހީތެރިން ދަތުރު ކުރަމުން ދަނިކޮށް އެ މީހުންނަށް އަމާޒު ކޮށް ޙަމަލާދީ ޝަހީދު ކޮށްލީ ޔަހޫދީން ކަމަށް ތުހުމަތު ކޮށްފައެވެ. އިންސާނީ ޚިދުމަތްތެރިންނަށް ޔަހޫދީން ދިން ޙަމަލާގައި ސަލާމަތްވި ކަމަށް އެނގިފައިވާ ހަމައެކަނި މީހަކީ ޕަލަސްޓީނިއަން ރެޑް ކްރެސެންޓް ސޮސައިޓީގެ މުންޒިޒު ޢާބިދެވެ. އޭނާ ބުނީ ޔަހޫދީން ޙަމަލާ ދީފައި ވަނީ ކުއްލި ޙާލަތްތަކުގައި ޚިދުމަތް ފޯރުކޮށްދޭ އުޅަނދެއް ކަން ސާފު ކޮށް އެނގޭނޭހެން ފާހަގަ ކޮށްފައިވާ އުޅަނދަކަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
