
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އިންޑިޔާގެ މުސްލިމުންގެ ވަޤްފު ބިންތަކުގެ މައްޗަށް ސަރުކާރަށް ފޯރުވޭ ބާރު ފުޅާކުރަން ފާސްކޮށްފައިވާ ބިލާ ދެކޮޅަށް، ގިނަ އަދަދެއްގެ މުސްލިމުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ. އިންޑިޔާގެ ވަޤުފް ބިންތައް ބެލެހެއްޓުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. ވަޤުފް ބިންތަކާގުޅޭ ގޮތުން 1995 ވަނަ އަހަރު ވުޖޫދުކޮށްފައިވާ ޤާނޫނު އިސްލާޙުކުރީ މުސްލިމުންގެ ވަޤުފް މުދާތައް ބަލަހައްޓައި ބާރުގަދަ ވަޤުފް ބޯޑުތައް ޖަވާބުދާރީ ކުރުވައި، އެ ކަންކަން ހާމަކަން ބޮޑުގޮތެއްގައި ބެލެހެއްޓުމަށްކަމަށް އިންޑިޔާގެ ސަރުކާރުން ވަނީ ބުނެފައެވެ.
ނަމަވެސް، މި އިސްލާޙާ އެކު ވަޤުފް ބިންތަކުގައި ހުރި މިސްކިތްތަކާއި ގަބުރުސްތާނު ފަދަ ތަންތަން އަތުލައި، ތަޅައިލުމުގެ ބާރު ސަރުކާރަށް މިހާރު ލިބޭކަމަށް ބުނެ، މުސްލިމުންގެ ތެރޭގައި އޮތް ކަންބޮޑުވުންވަނީ އިތުރުވެފައެވެ. އެކަމާ ގުޅިގެން މުސްލިމުންގެ އާބާދީ ބޮޑު ބައެއް ހިސާބުތަކުގައި މުޒާހަރާ ކުރަމުންދާއިރު، މުރުޝިދުބާދު ސަރަޙައްދުގައި މި މަހުގެ 8ވަނަ ދުވަހު ފެށި މުޒާހަރާތައް ހޫނުވެ، ބޮޑު ހަމަނުޖެހުމަކަށް ވަނީ ބަދަލުވެފައެވެ. ސަލާމަތީ ބާރުތަކާ ދެކޮޅަށް ހިނގި ކުރިމަތިލުންތަކުގައި، މިހާތަނަށް ތިން މީހަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އެ ކުރިމަތިލުންތަކުގައި ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށް، އާންމު ތަންތަނަށް ބޮޑެތި ގެއްލުންތައް ދީފައިވާކަމަށް އިންޑިޔާގެ މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް، ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް، އެ ސްޓޭޓުގެ ސަރުކާރުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
