
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގައި ހުރި ހަސްފަތާލަކަށް ނުރައްކާތެރި ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި މިސައިލްތައް ބޭނުން ކޮށްގެން ޔަހޫދީ ސިފައިން ޙަމަލާ ދީފައި ވަނީ އެ ސަހަރުގެ އުތުރު ޣައްޒާ ސިޓީގައި ހުންނަ އަލް-އަހްލީ ޢަރަބި ހަސްފަތާލަށެވެ. ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، ޔަހޫދީންގެ މިސައިލް ޙަމަލާތަކުގައި އެ ހަސްފަތާލުގައި ކުއްލި ހާލަތްތަކުގައި ޚިދުމަތް ދިނުމަށް ބޭނުން ކުރާ އެމަރޖެންސީ ރޫމް ހުންނަ އިމާރާތާއި ރިސެޕްޝަން ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އެ ހަސްފަތާލަށް ޔަހޫދީ ސިފައިން ޙަމަލާ ދޭން އުޅޭ ކަމުގެ މަޢުލޫމާތު ނުސީދާކޮށް ލިބުމާ އެކު، އެ ތަނުގައި ތިބި ބަލިމީހުން އެހެން ސަރަޙައްދުތަކަށް ބަދަލު ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ.
ޔަހޫދީން ޙަމަލާ ދީފައިވާ އަލް-އަހްލީ ހަސްފަތާލަކީ ބަލިމީހުންގެ އިތުރުން ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ރެފިއުޖީން ދިރިއުޅެމުން ދިޔަ ހަސްފަތާލެކެވެ. ޔަހޫދީންގެ ޙަމަލާތައް ފެށުމުގެ ކުރިން، އެ ތަނުގައި ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑިޔޯތަކެއް ވަނީ ޢާންމު ކޮށްފައެވެ. އަލް-އަހްލީ ހަސްފަތާލަށް ގަސްދުގައި ޙަމަލާ ދިނުމަކީ ވަރަށް ޖައްބާރު ޖަރީމާއެއްގެ ގޮތުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ސިފަކޮށްފައެވެ. މިއީ، ޣައްޒާގެ ހަސްފަތާލުތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޣައްޒާގެ ސަރުކާރު މީޑިޔާ އޮފީހުން ބުނީ، މީގެ ކުރިން ވެސް ޔަހޫދީ ފައުޖުން ޣައްޒާގައި އެކި ކަންކޮޅުތަކުގައިވާ 35 ހަސްފަތާލަށް ބޮންއަޅައި ބޮޑެތި ގެއްލުންތަކެއް ދިފައިވާ ކަމުގައެވެ.
އޭގެ ތެރޭގައި އަލް-އަހްލީ ވެސް ހިމެނެއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔަހޫދީ ފައުޖުން އެ ހަސްފަތާލަށް ދިން ނުރައްކާތެރި ޙަމަލާތަކެއްގައި އެއް ފަހަރާ 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. މިއީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލަމުންދާ މީހުން ޞިއްޙީ ފަރުވާއިން މަޙްރޫމު ކުރުވުމަށް ހިންގަމުންދާ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެކެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,500އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
