
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް މޮޅުވެއްޖެ އެވެ. ނިއުކާސަލް ޔުނައިޓެޑް މި މެޗަށް ނިކުމެފައިވަނީ އެ ޓީމުގެ ހެޑްކޯޗު އެޑީ ހޯވޭ އާއި ނުލައެވެ. އެއީ އޭނާގެ ސިއްހީ ހާލަތު ގޯސްވެ މިދިޔަ ހަފްތާގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި ގުޅިގެންނެވެ. އަދި މި މެޗުގައި ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މި މެޗަށް މެންޗެސްޓަރ ޔުނައިޓެޑް ނިކުތްއިރު ކޯޗު ރުބެން އަމޮރިމް ވަނީ އެ ޓީމުގެ އެއް ނަމްބަރު ކީޕަރު އެންދްރޭ އޮނާނާ ޓީމުން ބާކީކޮށް އަލްޓޭ ބެއިންދީރް އަށް ފުރުސަތު ދީފަ އެވެ. އޮނާނާ ޓީމުން ބާކީކޮށްފައިވަނީ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި މިދިޔަ ހަފްތާގައި ލިއޯން އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ވަރަށް އާދައިގެ ދެ ގޯހަކާއި ގުޅިގެންނެވެ. މި މެޗުގެ 24 ވަނަ މިނިޓުގައި ނިއުކާސަލްގެ އިޓަލީ ފޯވަޑް ސެންޑްރޯ ޓޮނާލީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް އަލެހަންދްރޯ ގަރްނާޗޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ހާވޭ ބާރންސް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ނިއުކާސަލް އަށް މި މެޗުގައި ކުރި ހޯދަދީފަ އެވެ. އަދި އޭގެ 15 މިނިޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ނިއުކާސަލް އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބްރޫނޯ ގުއިމަރޭޒް އެވެ. މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމާއިއެކު އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު އޮތީ ތާވަލުގެ 14 ވަނައިގަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑަށް ވަނީ 31 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ.
މި ސީޒަނުގެ މެދުތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވި ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު 21 މެޗުގެ ތެރެއިން 10 މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
